ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މާއެނބޫދޫ މަސްޖިދުލްޛިކުރާ މިސްކިތުގެ މަރާމާތާގުޅޭ

އިޢްލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

      މި އިދާރާގެ ނަންބަރު: (IUL)380/2023/15 (11-04-2023) ގެ އިޢްލާނާއި ގުޅިގެން ހުށަހަށާފައިވާ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީވެ، އެ އިޢްލާން ބާޠިލްކޮށް ދ.މާއެނބޫދޫ  ކައުންސިލުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް މަސްޖިދުލް ޒިކުރާ މިސްކިތުގައި ކުރަންބޭނުންވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު އަލުން ހުޅުވާލަމެވެ.

އިތުރު މަޢުލޫމާތު

  • މި މަސައްކަތާގުޅޭ ގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 23 އޮގަސްޓް 2023  ވާ ބުދަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 29 އޮގަސްޓް 2023 ވާއަންގާރަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލްގެ އިދާރާގައެވެ.
  • މަޢުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި،އަންދާސީ ހިސާބު ހުށަހަޅާންއޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ ކައުންސިލްއިދާރާގެ އިވެލުއޭޝަން ކޮމެޓީން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެގިނަ މާކުސްލިބޭ ފަރާތަކަށެވެ.
  • ލިބޭމާކުސް އެއްވަރުވެއްޖެނަމަ މާކުސް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުލައި ލިބުނު ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކުސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ އަގަށް

% 70

މުއްދަތަށް

% 20

މަސައްކަތުގެ ތަޖުރިބާއަށް

% 10

އިތުރުމަޢުލޫމާތު، މަޢްލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

20 އޮގަސްޓް 2023
ހޯދާ