ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
ސީ.އެޗް.އެސް.އީ އަށް 2024-2023 ގެ އަލަށް ވައްދާ ދަރިވަރުންގެ އިޢުލާން

އިޢުލާން

 

                           2023-2024 ވަނަ ދިރާސީ އަހަރު މިސްކޫލްގެ ގްރޭޑް 11އަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

1) 1 މެއި 2022 ގެފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާން ވާނެއެވެ.

 މިގޮތުން ކޮމާރސް ސްޓްރީމްގެ މާއްދާތައްކަމުގައި ބަލާނީ އެކައުންޓިންގް، ކޮމާރސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި މެތަމެޓިކްސްއެވެ.

  • ސައިންސް ސްޓްރީމްގެ މާއްދާތަށްކަމުގައި ބަލާނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އަދި މެތަމެޓިކްސްއެވެ.
  • އާރޓްސް ސްޓްރީމްގެ މާއްދާތަށްކަމުގައި ބަލާނީ ހިސްޓްރީ އާއި ޖޯގްރަފީއެވެ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީއާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ، 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތަމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.
  • ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާރޓްސް ނުވަތަ ކޮމާރސް ސްޓްރީމް އޭލެވެލް ހެދުމުގެ ފުރުސަތު، އެދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބަލާފައި ދެވިދާނެއެވެ. އިތުރު މަޢުލޫމާތު އެޕްލިކޭޝަން ފޯމާއެކު ދޫކުރާ މަޢުލޫމާތު ކަރުދާހުގައި ހުންނާނެއެވެ.

 

2) މީގެކުރިން މަތީ ޘާނަވީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއް ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12 ގައި ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ވެގެންނުވާނެއެވެ.

  

2023-2024 ދިރާސީ އަހަރު، ސީ.އެޗް.އެސް.އީ ގްރޭޑް 11އަށް ކުދިން ވެއްދުމަށް އެދޭ އެޕްލިކޭޝަން ފޯމު މިސެންޓަރުގެ ރިސެޕްޝަނުން ލިބެންހުންނާނެވެ. އަދި މިސެންޓަރުގެ ވެބްސައިޓުން (www.chse.edu.mv) މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

3) ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

* ޖީ.ސީ.އީ، އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާގެ ކޮޕީ.

* ސްކޫލް ނިންމިކަމުގެ ލިޔުމުގެ ކޮޕީ.

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4)  ފޯމު ހުށަހެޅުުން:

އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ

­     ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.00 ން މެންދުރުފަހު 13.00 އަށް، މިސްކޫލްގެ އޮފީހުންނެވެ.

­     އޮންލައިންކޮށް ފޯމު ހުށައަޅާނަމަ، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު، (ސްކޭން ކުރެއްވުމަށް ފަހު) ޕީޑީއެފް ފޯރމެޓްގައި، ސުންގަޑީގެ ކުރިން [email protected]  އަށް މެއިލްކުރައްވާށެވެ. މެއިލްގެ ސަބްޖެކްޓްގައި، “ADMISSION 2023: (Student’s National ID number)” ޖެއްސެވުމަށްފަހު ފޮނުވުމަށް ދަންނަވަމެވެ.

 5)  ރީޗެކް ނަތީޖާ:

ރީޗެކްގެ ކުރިން ޝަރުޠު ފުރިހަމަނުވާ، ނަމަވެސް ރީޗެކަށް ފަހު ޝަރުޠު ފުރިހަމަވާނެކަމަށް ލަފާކުރެވޭ ދަރިވަރެއްނަމަ 27 އޮގަސްޓް 2023 ގެކުރިން މިސެންޓަރަށް ވަނުމަށް އެދޭ ފޯމާއެކު ރީޗެކަށް ހުށަހަޅާކަން ސިޓީއަކުން އަންގަން ވާނެއެވެ. މިގޮތަށް ވަނުމަށް އެދި ހުށަހަޅައިފައިވާ ދަރިވަރުންގެ ރީޗެކް ނަތީޖާ ލިބުމުން ޝަރުޠު ފުރިހަމަވާނަމަ، ރީޗެކްގެ ނަތީޖާ ދޫކުރަންފަށާ ދުވަހުން ފެށިގެން 2 ދުވަހުގެ ތެރޭގައި މިސެންޓަރަށް އެނަތީޖާ ހުށަހަޅަން ވާނެއެވެ.

 6)  ރެޖިސްޓްރޭޝަން އަދި އޮރިއެންޓޭޝަން:

 2023-2024 ވަނަ ދިރާސީ އަހަރު ސީ.އެޗް.އެސް.އީގެ ގްރޭޑް 11އަށް ވަދެވޭ ދަރިވަރުންގެ ލިސްޓް  29 އޮގަސްޓް 2023 ގައި މިސެންޓަރުގެ ބޭރު ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. ދަރިވަރުންގެ ރެޖިސްޓްރީކުރުން ސެޕްޓެމްބަރ މަހުގެ 4 އަދި 5 ގައި އޮންނާނެއެވެ. އަދި ދަރިވަރުންނަށް ބާއްވާ އޮރިއެންޓޭޝަން އަދި އެހެނިހެން ޕްރޮގްރާމްތައް  ސެޕްޓެމްބަރ 17 ގައި ފެށިގެން ކުރިއަށްދާނެއެވެ.

               ­         ފޯމު ފުރުމުގެ ކުރިން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާނަމަ، ސްކޫލްގައި ބެހެއްޓިފައަވާ މަޢުލޫމާތު ސާފުކުރާ މޭޒުން، ހެނދުނު 8.00 ން މެންދުރުފަހު 13.00 އަށް، މަޢުލޫމާތު ސާފުކުރެއްވުމުގެ ފުރުސަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ.

އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 27 އޮގަސްޓް ގެ 11.00 ގެ ނިޔަލަށެވެ.

                                28 މުޙައްރަމް 1445

       15 އޮގަސްޓް 2023                 

15 އޮގަސްޓް 2023
ހޯދާ