މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސޮފްޓްވެއަރ ގަންނަން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި މިނިސްޓްރީއަށް ކޮމްޕިއުޓަރ ސޮފްޓްވެއަރ ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު: IUL)13-E/1/2015/3) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތި، އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:00އަށް މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:00އަށް މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
28 ރަބީޢުލްއާޚިރު 1436
18 ފެބުރުވަރީ 2015
ހޯދާ