ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދު މޫސާ ޢަލީގެ ސައުންޑް ރޫމާއި ރައްޔިތުންގެ ހިޔާގެ ކޮޓަރިތައް އޭސީކުރުމާއިގުޅޭ

        މިރަށުގެ މަސްޖިދު މޫސާ ޢަލީގެ ސައުންޑް ރޫމާއި ރައްޔިތުންގެ ހިޔާގެ ކޮޓަރިތައް އޭސީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.     

         ވީމާ، ކައުންސިލުން މިކަމަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ފޯމް މިއިޢުލާނާއެކު ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް ކޯޓޭޝަން ފޯމް ލިބެން ހުންނާނެއެވެ. މި މަސައްކަތަށް ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނިތަކާއި އަދި އަމިއްލަ ފަރުދުންނަށް ކުރިމަތި ލެވޭނެއެވެ. ކޯޓޭޝަން ފޯމް ހުށަހަޅާއިރު، އަމިއްލަ ފަރުދެއްނަމަ، އައި.ޑީ ކާޑުގެ ކޮޕީ އަދި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއާއި ކުންފުންޏެއްނަމަ، ވިޔަފާރި ނުވަތަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

       މި މަސައްކަތާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާނަމަ، 2023 އޯގަސްޓް 23 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލު ކުރައްވައިގެން ނުވަތަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6501014 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. ކޯޓޭޝަންތައް ބަލައިގަތުމާއި، ކޯޓޭޝަންތައް ހުޅުވުން އޮންނާނީ 2023 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

 

20 އޮގަސްޓް 2023
ހޯދާ