މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗާއި އަދި ގުޅިފައިވާ މަގުފަޅި ސާފުކޮށް ބެލެހެއްޓުން

މި އިދާރާގެ ފަރާތުން ތަކުރާކޮށް އިޢުލާންކޮށް އަދި ގޯތީގެ ވެރިފަރާތައް ލިޔުމުން އަންގައި ހަނދާން ކޮށްދިން ނަމަވެސް އަނެއްކާވެސް ގޯތިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ގޯތިތަކާއި އަދި ގުޅިފައިވާ މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކައުންސިލަށްދަނީ ލިބެމުންނެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 148 ވަނަ މާއްދާގެ (ޑ) "މަގުމަތި ކުނިކެހުމާބެހޭ ގަވާއިދު"  (2019/R-331) 12 ފެބްރުއަރީ 2019 ގައި ގެޒެޓްކުރެވި މި ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން "ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާ މަގުތަކާއި އެ ގޯއްޗެއްގެ މަގަށްވާ ސަރަހައްދުގައި އެ ގޯއްޗަކާވީ ފަޅީގެ ދެބައިކުޅަ އެއްބައި ކުނިކަހާ ސާފުކޮށް ބަލައްހައްޓަންވާނެ". ދޫކުރެވިފައިވާ ގޯތިތަކާއި އަދި ގުޅިފައިވާ މަގުތައް ސާފުކޮށް ބެލެހެއްޓުމަކީ އެތަންތަނުގެ ވެރިފަރާތުން ކުރަންޖެހޭނެކަމެއްކަން ހަވާލާދީފައިވާ ގަވާއިދުގެ ދަށުން އަންގަމެވެ.

ވީމާ،  ގޯތިތަކާއި މަގުފަޅިތައް މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ސާފުކޮށް ނިންމުމަށާއި ކުރިއަށް އޮތް ތަނުގައި ޤަވާއިދުން ސާފުކޮށް ބަލަހައްޓަމުން ގެންދެވުމަށް އިލްތިމާސްކުރަމެވެ.

20 އޮގަސްޓް 2023
ހޯދާ