ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް ޑަމްޕް ޓްރަކެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

                މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ޑަމްޕް ޓްރަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

                ވީމާ، މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް" ކައުންސިލަށް ހުށަހަޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރައްވާނަމަ، ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. މި ބީލަމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަން ރަޖިސްޓްރީ ކުރުން

2023 އޮގަސްޓް 31 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

ޕްރީ-ބިޑް ބައްދަލުވުން

ބީލަމާ ގުޅޭ މައުލޫމާތު އާންމުކުރެވިފައިވާތީ ޕްރީ-ބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިނުވޭ.

ބީލަން ބަލައިގަތުން

2023 ސެޕްޓެންބަރު 07 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް

ބީލަން ހުޅުވުން

2023 ސެޕްޓެންބަރު 07 ވަނަ ދުވަހުގެ 13:10 ގައި ގއ.މާމެންދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި

                 ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެހެންފަރާތަކުން ބައިވެރިވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ ބީލަން ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަންވެރިންގެ އެއްހާޒިރުގައެވެ. މި ބީލަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6820007 ފޯނަށެވެ.

                 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

 

17 އޮގަސްޓް 2023
ހޯދާ