މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވީ.އައި.އޭގެ 2 'ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރު' ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ވީ.އައި.އޭގެ 2 'ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރު' ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދުމާއި ބެހޭ

    މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގެ އިންޓަނޭޝަނަލް ޓާރމިނަލްގައި ހުސްކޮށް ހުރި 2  'ޓޫރިސްޓު ރެޕްރަޒެންޓޭޓިވް ކައުންޓަރު' (ޓީ.އާރް.ސީ) ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.

    މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 އޮގަސްޓު 23 ވާ ބުދަދުވަހުގެ ހެނދުނު 10:30 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

    މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގައި "ރިސޯޓު" ހިންގުމުގެ ހުއްދަ އޮންނަ ފަރާތްތަކަކަށް ވާންވާނެެއެވެ. އެގޮތުން މިހާރުވެސް ޓީ.އާރް.ސީއެއް ލިބިފައިވާ ފަރާތްތަކަށް މިބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

    ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2023 އޮގަސްޓު 31 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 އޮގަސްޓު 31 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

    ޓީ.އާރ.ސީ ދިނުމަށް ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ 2023 ސެޕްޓެންބަރު 05 ވާ އަންގާރަދުވަހުގެ ހެނދުނު 10:30 ގައި، މިކުންފުނީގެ މައި އިދާރާގައި ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައެވެ.

    އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 4303337/2663337/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

17 އޮގަސްޓް 2023
ހޯދާ