ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއްހޯދުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މި އިދާރައިގެ ބެލުމުގެ ދަށުގައިވާ ވ.ފުލިދޫ ކުނިކޮށި 01 ސެޕްޓެންބަރު 20223 ން  31 ޑިސެންބަރު 2023 ގެ ނިޔަލަށް (3 މަސް ދުވަހަށް ) ކޮންޓްރެކްޓު އުޞޫލުން ބަލަހައްޓައިދޭން ޝައުޤްވެރިވާ  ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން

1-      ކުނިކޮށި ބެލެހެއްޓުމާއިގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ 21 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރައިގެ ޖަލްސާކުރާ މާލަމުގައެވެ.

2-      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 27 އޯގަސްޓް 2023 ވާ އާދީއްތަ ދުވަހު މެންދުރު ފަހު 13:30 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލް އިދާރައިގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު:

  • މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބުގައި ހުށަހަޅާފަރާތުގެ މަޢުލޫމާތު ( ނަން ، އެޑްރެސް ، ފޯނު ނަންބަރު ) އަދި މަސައްކަތުގެ ޖުމުލަ އަގު އެނގެން އޮންނަންވާނެ އެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެ އެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށެވެ.
  • އަންދާސީ ހިސާބުތައް އިވެލުއޭޓުކުރުމުގައި މާރކުސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބާލާނެ މިންގަނޑުތައް

އިންސަތް

ތަފުޞީލް

%80

ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑައަގު ބެންޗުމާރކު ކަމުގައި ބަލައިގެން)

%20

މަސައްކަތުގެ މުއްދަތު

 

އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- އަންދާސީ ހިސާބު

ށ- ވިޔަފާރިއެއްނަމަ  ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ- އަމިއްލަފަރާތްތަކުންނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

   ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާޠިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

   ބީލަންތައް ހުންނަންވާނީ ސިޓީއުރައިގާ ބަންދު ކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

         

 

 

 

 

 

 

 

 

 

 

17 އޮގަސްޓް 2023
ހޯދާ