މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ މަސްޖިދުއްސަޢާދާގެ މުންނާރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

  (IUL)321-A/321/2023/188 :ނަންބަރު                                                  

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                   ބ.ތުޅާދޫ މަސްޖިދުއްސަޢާދާގެ މުންނާރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

      ބީލަން ހުށަހެޅުމަށް 2023 އޯގަސްޓް 17 ން 2023 އޯގަސްޓް 23 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

- "ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކޮށްދިނުމަށް އެދޭ ފޯމް" ގެ ލިންކް: https://forms.office.com/r/vbq5W8WQti

 

  • ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް:

    އިޢުލާނާއިއެކު ބީލަންފޮތް ގެޒެޓް ކުރެވިފައިވާތީ ޕްރީ ބިޑް މީޓިންގ ބާއްވާގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

  • ސައިޓް ވިޒިޓިންގ އޮންނާނެ ތަނާ، ތާރީޚާއި ވަގުތު:

   މި އިޢުލާނާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ދައްކާލުމަށް ސައިޓް ވިޒިޓިންގ އޮންނާނީ 2023 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މަސްޖިދުއްސަޢާދާގައެވެ.

  • އިތުރު މަޢުލޫމާތު ސާފުކުރުން:

    މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ނުވަތަ މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 2023 އޯގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލަށް ފޮނުއްވުންއެދެމެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ޕްރޮކިއުމަންޓް ޔުނިޓް

ތުޅާދޫ ކައުންސިލް އިދާރާ / ބ.ތުޅާދޫ

ފޯން:  6600043

އީމެއިލް: [email protected] 

  • ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން:

   ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ، 2023 އޯގަސްޓް 28 ވާ ހޯމަ ދުވަހުގެ 10:00ގައި ތުޅާދޫ ކައުންސިލް އިދާރާގައެވެ.

   ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޮގަސްޓް 2023
ހޯދާ