މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮޓާ/ކެފޭގެ ޚިދުމަތް ދިނުމަށް ބިންދޫކުރުމާއި ގުޅޭ

ހޮޓާ/ކެފޭގެ ޚިދުމަތް ދިނުމަށް ބިންދޫކުރުމާއި ގުޅޭ

 

ހޮޓާ/ކެފޭ ގެ ޚިދުމަތްދިނުމަށް މިރަށުގެ ޓާފް ދަނޑުގެ އުތުރު ކޮޅުން 3476 އަކަފޫޓުގެ ހުސްބިން ކުއްޔަށްދޫކުރަން ކަނޑައަޅާއިފީމެވެ. ގިނަވެގެން 15 އަހަރުދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިމަށް އެދި ހުށައެޅުމަށް އެދޭ ބިޑް ފޯމް 20 އޮގަސްޓް 2023 އިންފެށިގެން 24 އޮގަސްޓް 2023 ވަނަދުވަހާއި ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/1000ރ. (އެއްހާސް ރުފިޔާ) އަށެވެ.

             ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮގަސްޓް 2023 ވަނަ ދުވަހުގެ 12:15 އަށް މި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ކަރުދާސް އިޢުލާނާއިއެކު ހީރަސްކުރެވިފައިވާނެއެވެ. މައުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ސެޝަންއެއް 27 އޮގަސްޓް 2023ވާ އާދީއްތަ  ދުވަހުގެ 12:15 ގައި މި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. މައުލޫމާތު ސެޝަން ގައި ބައިވެރި ނުވާ ފަރާތް ތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް  [email protected] އަށް މެއިލް ކުރައްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

17 އޮގަސްޓް 2023
ހޯދާ