ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުރާކުނު ޔޫތް ޗެލެންޖް 2 ވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން (2 ވަނަ ޢިއުލާން)

އިޢުލާން

 ހއ.ތުރާކުނު ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ފޯރި އިތުރުކުރުމާއި އެކުވެރި ދުޅަހެޔޮ ޒުވާނުންތަކެއް އުފެއްދުމާއި، ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި މި ކައުންސިލުން ބާއްވާ ތުރާކުނު ޔޫތް ޗެލެންޖް 2ވަނަ ފުޓްސަލް މުބާރާތް 05 އޮކްޓޯބަރ 2023 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2023 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރުމަށް ދަންނަވަމެވެ.  ޓީމްތައް ނަގާނީ މިމުބާރާތުގައި ބައިވެރިވާން ނަންނޯޓްކުރާ ފަރާތްތައް ޓީމްތަކަށް ބަހާލައިގެންނެވެ. މިމުބާރާތް ކުރިއަށް ގެންދެވޭނީ މަދުވެގެން 3 ޓީމް ހަމަވާވަރަށް ކުޅުންތެރިން ނަންނޯޓް ކުރުމުން ކަމުގައި ދަންނަވަމެވެ.

ނަންނޯޓް ކުރެއްވުމަށް ސްޕޯރޓް ކައުންސިލަރ މުޙައްމަދު އަޠީފްގެ މޯބައިލް ނަމްބަރަށް 7727547 ގުޅުއްވުންއެދެމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޮގަސްޓް 2023
ހޯދާ