ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ދަރަނބޫދޫގައި ޤާއިމުކޮށްފައިވާ އިންޑޯހޯލުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ފ. ދަރަނބޫދޫގައި ޤާއިމުކޮށްފައިވާ އިންޑޯހޯލުގެ ނުނިމިހުރި، ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

2 ފާޚާނާގެ ކޮންޕްލީޓް މަސައްކަތް.

2 ޗޭންޖިންގ ރޫމްގެ ކޮންޕްލީޓް މަސައްކަތް.

2 ކޯޓް މެޓް އެޅުން.

4 ބެންޗް ހެދުން.

20 ލައިޓްލުން ކަރަންޓްވައިރު ކުރުމާއެކު.

4 އެގްޒޯސް ހަރުކުރުން.

10 ކިލޯ ވޯޓްގެ ސޯލާ އެނާޖީ ހަރުކޮށް އިންސްޓޯލް ކުރުން.

2 ރެފްރީ ޗެއަރ ހެދުން.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 އޮގަސްޓު 27ވަނަ ދުވަހުގެ 13.00އަށް މިކައުންސިލަށް ވަޑައިގެން، މަޢްލޫމާތު ސާފުކުރެއްވުމަށްފަހު، 2023 އޮގަސްޓު 30ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގެން، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢޫލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކާކުކަން އެނގޭނެ ލިޔުމެއް ހިފައިގެން އެހެން މީހެއްގެ ބަދަލުގައި އާދެވިދާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅާ ފޯމެއްގެ އަގަކީ -/100ރ. (ސަތޭކަ ރުފިޔާ) އެވެ. ފޯމު ގަތުމަށް ދައްކާ ފައިސާއަކީ ރީފަންޑު ކުރެވޭނެ ފައިސާއެއް ނޫނެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޞަފަރު 1445

17 އޮގަސްޓް 2023
ހޯދާ