ގދ. ނަޑައްލާ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި ގދ. ނަޑެއްލާ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރ ނެގުމަށްފަހު އާކައުންޓަރ އެއް ހަދައި ބެހެއްޓުމުގެ މަސައްކަތްކުރުން

ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ މެޖިސްޓްރޭޓް ކޯޓް

         ގދ. ނަޑެއްލާ،

             ދިވެހިރާއްޖެ،

 

                                                     ނަންބަރު: Q3C-A/2023/6

 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

މިކޯޓުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިކޯޓުގެ ކައުންޓަރ ނެގުމަށްފަހު އާކައުންޓަރ އެއް ހަދައި ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު Q3C-A/2023/5 (06.08.2023) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފާރާތްތަކުން ތިރީގައިމިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން ބީލަން ރަޖިސްޓްރީ ކުރެއްވުމަށް 16އޮގަސްޓް 2023 އިން ފެށިގެން 23އޮގަސްޓް 2023 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އާދެމެދު މިކޯޓަށް ވަޑައިގެން ނުވަތަ މެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ބީލަން ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

ބީލަން ރަޖިސްޓްރީކުރާ ފޯމް މިކޯޓުގެ ކައުންޓަރއިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިވާ ލިންކްއިން ޑައުންލޯޑް ކުރެވޭނެއެވެ.

ލިންކް: https://gdh-nadallaa.courts.gov.mv/downloadables/HBHY0i24gn.pdf

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 23 އޮގަސްޓް 2023ވާ ބުދަ ދުވަހުގެ 13:00 ގައި މިކޯޓުގައެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 24 އޮގަސްޓް 2023 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މިކޯޓުގައެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުމަށާއި، ބީލަން ހުށަހެޅުމަށް ބަދަލުގައި ޙާޟިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭ ލިޔުމެއް އައިޑީކާޑުގެ ކޮޕީއާއެކު ހުށަހަޅަން ވާނެއެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6840150 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިކޯޓުގެ އީ-މެއިލް އެޑްރެސް އަށް[email protected]   މެއިލް ކުރެއްވުން އެދެމެވެ.

16 އޮގަސްޓް 2023
ހޯދާ