ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރު މިސްކިތް ކުރިމަތީގައި މޮނިއުމެންޓް އެއް ހެދުމާއި ގުޅޭ

މި އިޢުލާންވަނީ 01 ނޮވެންބަރު 2023 16:01 ގައި ބާތިލް ކުރެވިފައެވެ.


ހުކުރު މިސްކިތް ކުރިމަތީގައި މޮނިއުމެންޓް އެއް ހެދުމާއި ގުޅޭ

 މިރަށު ހުކުރު މިސްކިތް ކުރިމަތީގައި އޮތް ހުސްބިމުގައި މޮނިއުމެންޓް އެއް ހެދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިއިދަރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮގަސްޓް  2023 ވާ އާދީއްތަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުމަށް ފަހު 27 އޮގަސްޓް  2023 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.ކަނޑައެޅިފައި ގަޑިއަށް މައުލޫމާތު ސާފްކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. މި މަސައްކަތައް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. އަދި މިނިސްޓްރީ  އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި މީރާގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔެކިޔުންތައް ހުށަނާޅާނަމަ އަންދާސީ ހިސާބް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.  ވީމާ، މިކަން އާމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.              

         

                                                                      29 މުޙައްރަމް 1445  

                                                                       16 އޮގަސްޓް 2023 

16 އޮގަސްޓް 2023
ހޯދާ