މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އަތޮޅުގެ 13 ރަށަށް ބޭނުންވާ 7.5 ކިލޯވޯޓުގެ ( އޮންގްރިޑް 3 ފޭސް ) ގެ 28 ސޯލާ ޕެނަލް ސަޕްލައި ކޮށްދީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުން.

                           ބ. އަތޮޅުގެ 13 ރަށަށް ބޭނުންވާ 7.5 ކިލޯވޯޓް ( އޮންގްރިޑް 3 ފޭސް )ގެ 28 ސޯލާ ޕެނަލް ސަޕްލައި ކޮށްދީ އިންސްޓޯލް ކޮށްދޭން ފަރާތެއް  ހޯދުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

                           ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން  [email protected] އަށް އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 11.00 ގައި މިކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

1-      ބީލަން ހުށަހަޅާ ފަރާތްތަކުން ފްރޮޕޯސަލް ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލުވުމަށް ސަމާލުކަން ދޭންވާނެއެވެ.

2-      ބީލަމުގައި ރަޖިސްޓްރީވުމަށް އެދި، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު [email protected]  އަށް އީ-މެއިލް ފޮނުވަންވާނެއެވެ. އަދި އަމިއްލަ ފަރުދުން މިބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުނަމަ ފުރިހަމަ ނަމާއި، އައި.ޑީ. ކާޑު ނަންބަރު، އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ޖެއްސެވުމަށްފަހު މަތީގައި އެވާ އެޑްރެހަށް އީމެއިލް ކުރަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

3-      ބީލަން/ޕްރޮޕޯސަލް ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޒިރުވާއިރު ހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޒޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

4-      މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 23 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

5-      ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ  30 އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 11:05 ގައި  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

                              މިހެންވެ މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

                              29 މުހައްރަމް 1445

16 އޮގަސްޓް 2023
ހޯދާ