މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރިޕޯޓް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިމިނިސްޓްރީގެ އިޢުލާނު ނަންބަރު IUL)438/438/2014/109)ފ(02 ސެޕްޓެންބަރު 2014) އަށް ލިބުނު ތަރުޙީބު ކުޑަވުމާ ގުޅިގެން ތިރީގައި މިދަންނަވާ ގޮތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލީމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހިންގާ "އިންޓަރގްރޭޓިންގ ކްލައިމެޓް ޗޭންޖް ރިސްކްސް އިންޓު ރެޒީލިއަންޓް އައިލަންޑް ޕްލޭނިންގ އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން 4 ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިރިޕޯޓް ޕްރިންޓްކުރެވެންވީ ގޮތާ ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.

  • ޓްރިމް ސައިޒް           - 216 xފmm279  (ލެޓަރ ސައިޒް)
  • ބަނޑޭރިގަނޑު            - 300gsm އާރޓް ބޯރޑް / ޕޭޕަރ
  • ބަނޑޭރިގަނޑު ފިނިޝިންގ     - ގްލޮސް ލެމިނޭޓެޑް
  • އެތެރޭގެގަނޑުތައް          - 120gsm ކޯޓެޑް ޕޭޕަރ
  • ބައިންޑިންގ             - ޕާރފެކްޓް ވިތް ސްޕައިން
  • ޕްރިންޓް ކުރެވެންވީ ވައްތަރު    - މަލްޓިކަލަރ ޕްރިންޓިންގ

ބީލަމާ ބެހޭގޮތުން މަޢުލޫމާތު އެރުވުމަށް 26 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 11:00 ގައި ބައްދަލުވުމެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައި އޮންނާނެއެވެ.

ބީލަން ހުށަހަޅުއްވާއިރު، މަސައްކަތުގެ އަގު ހުށަހަޅުއްވާއިރު ކޮންމެ ރިޕޯޓެއްގެ 500 ކޮޕީ އަދި 250 ކޮޕީ ޗާޕުކޮށްދޭނެ އަގު ހުށަހަޅުއްވަންވާނެއެވެ. އަދި މަސައްކަތް ކުރިއަށް ދާނެ ގޮތުގެ ތާވަލެއް ހުށަހަޅުއްވަން ވާނެއެވެ.

ހުށަހަޅަންވީ ތަކެތި:

  • މަސައްކަތުގެ އަގު:
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ނުފެތޭކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފުސީލު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު:

  • އަގަށް: 40 ޕޮއިންޓް   
  • ތަޖުރިބާ: 30 ޕޮއިންޓް
  • މުއްދަތު: 30 ޕޮއިންޓް

ބީލަން ހުށަހަޅުއްވާ ސިޓީއުރައިގައި "އިންޓަރގްރޭޓިންގ ކްލައިމެޓް ޗޭންޖް ރިސްކްސް އިންޓު ރެޒީލިއަންޓް އައިލަންޑް ޕްލޭނިންގ އިން ދަ މޯލްޑިވްސް – 4 ރިޕޯޓް ޗާޕުކުރުން" މަޝްރޫޢު އާބެހޭ މިހެން ލިޔެވިފައިވާންވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 05 މާރިޗު 2015 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ 2 ވަނަ ފަންގިފިލާގެ މީޓިންގރޫމުގައެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

އިންޓަރގްރޭޓިންގ ކްލައިމެޓް ޗޭންޖް ރިސްކްސް އިންޓު ރެޒީލިއަންޓް އައިލަންޑް ޕްލޭނިންގ އިން ދަ މޯލްޑިވްސް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

އަމީނީ މަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު:    3018421(960)+ ނުވަތަ  3018422(960)+

ފެކްސް:  3018301(960)+

އީމެއިލް: [email protected]

މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ފޮނުއްވާއިރު ސަބްޖެކްޓްގައި "އިންޓަރގްރޭޓިންގް ކްލައިމެޓް ޗޭންޖް ރިސްކްސް އިންޓު ރެޒީލިއަންޓް އައިލަންޑް ޕްލޭނިންގ އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ބޭނުމަށް 4 ރިޕޯޓް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ" ޖައްސަވާފައި ފޮނުއްވުން އެދެމެވެ.

19 ފެބުރުވަރީ 2015
ހޯދާ