މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ގުރައިދޫ ސްކޫލް ބައެއް މަރާމާތުތައް ކުރުމުގެ މަސައްކަތް

އިޢުލާން

            

                   ކ. ގުރައިދޫ ސްކޫލް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

                   ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 23 އޯގަސްޓް 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލުގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާނީ 150 ރުފިޔާގެ ފީއެއް ދައްކާ ފަރާތްތަކަށެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          މަޢުލޫމާތު ސާފުކުރާ ފަރާތުގެ ކުންފުނީ/ ޕާޓްނާޝިޕް/ ފަރުދުންގެ ވިޔަފާރި/ ކޯޕަރޭޓިވް ސޮސައިޓީ ގެ ނަން

-          ރަޖިސްޓްރީ ނަމްބަރ

-          އީމެއިލް އެޑްރެސް

-          ގުޅޭނެ މޯބައިލް ނަމްބަރު

އަދި 20 އޯގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ކ. ގުރައިދޫ ސްކޫލުގައި ބާއްވާ މަޢުލޫމާތު ސާފުކޮށްދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަދި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

ތަފްސީލު

ތާރީޚް

ދުވަސް

ގަޑި

ތަން

ބީލަމުގައި ރަޖިސްޓްރީ ކުރުން

23 އޯގަސްޓް 2023 ގެ 13:00 ގެ ކުރިން

ބުދަ

08:30

 

މަޢުލޫމާތު ސެޝަން

20 އޯގަސްޓް 2023

އާދިއްތަ

13:00

ކ.ގުރައިދޫ ސްކޫލް

އަންދާސީ ހިސާބު ހުށަހެޅުން

24 އޯގަސްޓް 2023

ބުރާސްފަތި

08:30

ކ. ގުރައިދޫ ކައުންސިލް

 

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 23 އޯގަސްޓް 2023 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640072 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 އޯގަސްޓް 2023

16 އޮގަސްޓް 2023
ހޯދާ