މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ އޭދަފުށީ ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ކޯޓޭޝަން ހުށަހެޅުމާގުޅޭ:

އިޢުލާން

 

1445 ވަނަ އަހަރުގެ އޭދަފުށީ ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ކޯޓޭޝަން ހުށަހެޅުމާގުޅޭ:

 

             2023  ސެޕްޓެމްބަރ މަހުގެ 14 ން 23 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޭދަފުށީ ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތުގެ ކަންތައްތައް އިންތިޒާމްކޮށް އެކަންތައްތައް ހިންގަދޭނެ ފަރާތެއް މިކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. އަދި ހުށަހަޅުއްވާ ކޯޓޭޝަންގައި މުއްދަތު ބަޔާންކުރެވިފައިވާންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                  ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަދި މަސައްކަތު ކޯޓޭޝަން ހުށަހަޅާ ފަރާތަކީ އާންމު ފަރުދެއްނަމަ ކޯޓޭޝަން އާއި އެކު އައި.ޑީ ކާޑު ކޮޕީ އެއް ހުށަހަޅަންވާނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަމްބަރ 6608303 އަށް ގުޅުއްވުން އެދެމެވެ.

 

                    28  މުޙައްރަމް   1444ހ

                    15  އޮގަސްޓް   2023މ

15 އޮގަސްޓް 2023
ހޯދާ