ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
2 ބެރޯ މީޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ރީޖަނަލް އެއަރޕޯޓްސްއަށް 2 ބެރޯ މީޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭގެ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

27 ރަބީޢުލްއާޚިރު 1436

17 ފެބުރުވަރީ 2015
ހޯދާ