މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ. ފައިނޭންސް އެންޑް އެކައުންޓްސް

މަޤާމު:

ސީނިއަރ އޮފިސަރ. ފައިނޭންސް އެންޑް އެކައުންޓްސް

މަޤާމުގެ ގިންތި:

ދާއިމީ   

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 7 ވަނަ ފަންގިފިލާ، މ. އައިރިސް، ފަރީދީ ގޯޅި، ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

ޖުމްލަ މުސާރަ: 12,000.00 ރުފިޔާ

މަޤާމުގެ ޝަރުޠު:

  1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު  މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. . ނުވަތަ ،
  2. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އެކައުންޓިން ސޮފްޓްވެއާ ޕެކޭޖް ބޭނުންކުރަން އެނގުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކުންފުންޔައް ލިބޭ އާމްދަނީ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ޖަމާކޮށް އެކަމާބެހޭ ރިކޯޑު ބެލެހެއްޓުމާއި، ރިޕޯޓުތައް ފޮނުވުން.
  2. ކުންފުންޏަށް އަންނަ ބިލްތަކަށް ފައިސާ ދެއްކުމަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި، އޭގެ ރެކޯޑުތައް ބެލެހެއްޓުން.
  3. ފައިނޭންސް ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ ފޮނުވުމާއި، އެކިފަރާތްތަކުން އަންނަ ލިޔުންތަކަށް ޖަވާބުދީ އެލިޔުންތަކުގެ ރިކޯޑު ބެލެހެއްޓުން.
  4. ކުންފުނީގެ ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާބެހޭ ރިޕޯޓް ހަދައި ގަވާއިދުން ފޮނުވުން.
  5. ކުންފުންޏަށް ގަނެވޭ އެސެޓްތަކުގެ ރަޖިސްޓަރީ ހަދައި، ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ސެކްޝަންގެ ވެރިޔާއާއި ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމުން ހަވާލުކުރާ ކަންކަން އިރުޝާދާ އެއްގޮތަށް ކުރުން.
  7. ކުންފުނީގެ މުހިންމު މާލީ ރިޕޯޓްތަކާއި ގައިޑްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  8. އަހަރީ ރިޕޯޓުތަކާއި ބަޖެޓް ތައްޔާރުކުރުން.
  9. ޑިޕާޓުމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހުން ކުރިއަށްގެންދިއުމުގައި، އެހީތެރިކަން ފޯރުކޮށްދިނުމާއެކު ސީނިއަރ މެނޭޖްމަންޓުން ހަވާލުކުރާ ކަންކަން، އިރުޝާދާ އެއްގޮތަށް ކުރުން.

10. މި ކޯޕަރޭޝަންގެ މަސައްކަތްތަކާއި ގުޅޭ އެންމެހާ ކަންކަމެއްގައި،  ކޯޕަރޭޝަންގެ އެހެން ޑިޕާޓްމަންޓް ތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. 

އިތުރު މަޢުލޫމާތު

  1. މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި، ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު ޝައުޤުވެރިކަމާއެކު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށް އިސްކަންދެވޭނެއެވެ.
  2. އެޕްލިކޭޝަންތައް ދިރާސާކުރުމަށްފަހު، އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން، އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  3. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު، ހޯދުމަށް ބޭނުންވެއްޖެ ހިނދެއްގައި، މި ކޯޕަރޭޝަނުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
  5. މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ).
  6. 03 މަސް ހަމަނުވާ ޕޮލިސް ކްލިއަރެންސް ރިޕޯޓް

ސުންގަޑި:

މަތީގައި ދެންނެވުނު ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، ދެންނެވުނު ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު، 21 އޯގސްޓް 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާށެވެ.

15 އޮގަސްޓް 2023
ހޯދާ