މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ގޯތި ލިބޭފަރާތްތަކަށް ލިބޭ ގޯތީގެ ގުރުއަތު ނެގުމާ ގުޅޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައެޅުމަށްޓަކައި ގުރުއަތު ނެގުން 15 އޯގަސްޓް 2023 އާއި 16 އޯގަސްޓް 2023 ގައި ގަލޮޅު ދަނޑުގައި، އަދި 17 އޯގަސްޓް 2023 އިން ފެށިގެން ހެންވޭރު ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގުރުއަތު ނެގުމަށް ހާޒިރުވާނެ ތަނާއި ވަގުތު ގޯތި ލިބޭ ފަރާތްތަކުން " ގެދޮރުވެރިން ޕޯޓަލް" އަށް ވެންނެވުމުން ފެނިލައްވާނެއެވެ. ގުރުއަތު ލުމަށް ޙާޒިރުވާނީ ގޯތި ލިބޭ ފޯމުގެ 1 ބައިވެރިއެކެވެ. ގޯތި ލިބޭ ފޯމުގެ އެއްވެސް ބައިވެރިއަކަށް ގުރުއަތުލުމަށް ހާޒިރުވެވެން ނެތްނަމަ ގުރުއަތު ނެގުމަށް ހާޒިރުވާނެ ފަރާތެއްގެ މައުލޫމާތު "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ހުށަހަޅުއްވަންވާނެއެވެ. އަދި ކަނޑައަޅާފައިވާ ވަގުތެ ތެރޭގައި ގުރުއަތުލުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މި މިނިސްޓްރީގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ އޮފިޝަލެކެވެ.

              ވީމާ، ގޯތި ލިބޭ ފޯމުގެ ބައިވެރިންގެ ތެރެއިން 1 ބައިވެރިއެއް ނުވަތަ ފޯމުގެ ބައިވެރިންގެ ފަރާތުން ކަނޑައަޅާ ފަރާތެއް، ގުރުއަތު ނެގުމަށް ހާޒިރުވުމަށް ހަމަޖެހިފައިވާ ވަގުތުގެ ތެރޭގައި ގުރުއަތުނެގުމަށް ހާއްސަކުރެވިފައިވާ ތަނަށް ހާޒިރުވެވަޑައިގަތުމަށް ދަންނަވަމެވެ.

              މިހެންވެ، މިކަން އާއްމުކޮށްއަންގާ އިޢުލާނުކުރީމެވެ.

14 އޮގަސްޓް 2023
ހޯދާ