ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އައުޢިމާރާތް ޤާއިމްކުރުން

ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އައު އޮފީސް ޢިމާރާތުގައި ނުނިމިހުރި މަސައްކަތްތައް ނިންމައިދޭނެ ފަރާތެއް ހޯދުމަށް، މިއިދާރާއިން ކުރި (IUL)384-A/2023/39 ނަމްބަރ އިޢުލާނާއި ގުޅިގެން ލިބިފައިވާ ބިޑްތައް ބޮޑުކަމަށް ފެންނާތީ އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް، 14 އޮގަސްޓް 2023 ވާ ހޯމަ  ދުވަހުން ފެށިގެން 20 އޮގަސްޓް 2023ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13.00ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމަށް ދަންނަވަމެވެ. މި މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 އޮގަސްޓް 2023ވާ ބުދަ ދުވަހުގެ ހެނދުނު 11.30ގައި މިކައުންސިލްގެ އިދާރާގައެވެ.

 

                   މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ ރަސްމީގަޑީގައި 6780034 މިނަމްބަރަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

14 އޮގަސްޓް 2023
ހޯދާ