މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނާއީ މަސައްކަތްތައް ކުރުމަށް މ.މަޑުއްވަރިން ބިން ދޫކުރުން

 ސިނާޢީ މަސައްކަތްތައް ކުރުމަށް 30 އަހަރުގެ މުއްދަތަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން " ބީލަމުގެ އުޞޫލުން މ. މަޑުއްވަރިން ބިންކުއްޔަށް ހިފުމަށްއެދޭފޯމް " ފުރިހަމަ ކުރައްވަވާ ހުށަހެޅުއްވުން އެދެމެވެ. މިފޯމާއި ކަމާގުޅޭ މައުލޫމާތު ކަރުދާސް ބަންދުނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން ފެށިގެން 14:00 އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ލިބޭނެއެވެ. އަދި މި އިޢުލާނާއި އެއްކަރުދާސްކޮށް އާންމުކުރެވިފައިވެސް ވާނެއެވެ. ބިންތަކާއި މެދު ކަންކުރާނެ ގޮތްތައް މައުލޫމާތު ކަރުދާހުގައި ވާނެއެވެ. ފޯމު ފުރިހަމަ ކުރައްވަވާ މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް ފޯމް ހުށަހަޅުއްވާނީ 2023 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވަނިމާލަމަށް ދުރުވެ ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅަންވާނީ ސިޓީއުރައަށް ފޯމްލައި ސީޓީއުރަ ބަންދު ކޮށްގެންނެވެ. ސިޓީއުރަ ކަނޑާނީ ފޯމް ހުށަހަޅަން ދުރުވާ ފަރާތްތަކުގެ ޙާޟިރުގައެވެ. ފޯމް ހުށަހަޅަން ބުނެފައިވާ ގަޑީގެފަހުން ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ސިނާއީ މަސައްކަތްތަކަށް ދޫކުރާ ބިންތަކާއި ބެހޭ މަޢުލޫމަތު  :

1ވަނަ ބިން

މި ބިންތައް އޮތްތަން : މ.މަޑުއްވަރީ ސްޕޯޓްސް އެރީނާގެ އިރުން

ބިމުގެ ބޮޑުމިން : 50*60 ފޫޓް ( 3000 އަކަފޫޓް )

ބިމުގައި ކުރެވޭނެ ބޭނުން : ސިނާއީ މަސައްކަތްތައްކުރުމަށް

ބިމުގެ ސިފަ : މިބިމަކީ ދިގު އަކަވާގޮތަށް އޮތް ބިމެކެވެ.

ބިންކުއްޔަށް ދޫކުރާ މުއްދަތު : 30 އަހަރުގެ މުއްދަތަށް

ބިމަށް ކުލި ނަގާނެ މިންވަރު : ބިމުގެ އަކަފޫޓަކަށް މަދުވެގެން 0.60 ލާރީގެ ރޭޓުން ޖެހޭ ޢަދަދެވެ.

 

2 ވަނަ ބިން

މި ބިންތައް އޮތްތަން : މ.މަޑުއްވަރީ ސްޕޯޓްސް އެރީނާގެ އިރުން، އިއުލާންގައި ހިމަނާފައިވާ 1 ވަނަ ބިމުގެ ދެކުނުން

ބިމުގެ ބޮޑުމިން : 150*30 ފޫޓް ( 4500 އަކަފޫޓް )

ބިމުގައި ކުރެވޭނެ ބޭނުން : ސިނާއީ މަސައްކަތްތައްކުރުމަށް

ބިމުގެ ސިފަ : މިބިމަކީ ދިގު އަކަވާގޮތަށް އޮތް ބިމެކެވެ.

ބިންކުއްޔަށް ދޫކުރާ މުއްދަތު : 30 އަހަރުގެ މުއްދަތަށް

ބިމަށް ކުލި ނަގާނެ މިންވަރު : ބިމުގެ އަކަފޫޓަކަށް މަދުވެގެން 0.60 ލާރީގެ ރޭޓުން ޖެހޭ ޢަދަދެވެ.

 

3 ވަނަ ބިން

މި ބިންތައް އޮތްތަން : މ.މަޑުއްވަރީ ސްޕޯޓްސް އެރީނާގެ އިރުން، އިއުލާންގައި ހިމަނާފައިވާ 1 ވަނަ ބިމުގެ ހުޅަނގަށް

ބިމުގެ ބޮޑުމިން : 75*30 ފޫޓް ( 2250 އަކަފޫޓް )

ބިމުގައި ކުރެވޭނެ ބޭނުން : ސިނާއީ މަސައްކަތްތައްކުރުމަށް

ބިމުގެ ސިފަ : މިބިމަކީ ދިގު އަކަވާގޮތަށް އޮތް ބިމެކެވެ.

ބިންކުއްޔަށް ދޫކުރާ މުއްދަތު : 30 އަހަރުގެ މުއްދަތަށް

ބިމަށް ކުލި ނަގާނެ މިންވަރު : ބިމުގެ އަކަފޫޓަކަށް މަދުވެގެން 0.60 ލާރީގެ ރޭޓުން ޖެހޭ ޢަދަދެވެ.

 

4 ވަނަ ބިން

މި ބިންތައް އޮތްތަން : މ.މަޑުއްވަރީ ސްޕޯޓްސް އެރީނާގެ އިރުން، އިއުލާންގައި ހިމަނާފައިވާ 1 ވަނަ ބިމުގެ ހުޅަނގަށް އޮތް ބިމުގެ ދެކުނަށް

ބިމުގެ ބޮޑުމިން : 75*30 ފޫޓް ( 2250 އަކަފޫޓް )

ބިމުގައި ކުރެވޭނެ ބޭނުން : ސިނާއީ މަސައްކަތްތައްކުރުމަށް

ބިމުގެ ސިފަ : މިބިމަކީ ދިގު އަކަވާގޮތަށް އޮތް ބިމެކެވެ.

ބިންކުއްޔަށް ދޫކުރާ މުއްދަތު : 30 އަހަރުގެ މުއްދަތަށް

ބިމަށް ކުލި ނަގާނެ މިންވަރު : ބިމުގެ އަކަފޫޓަކަށް މަދުވެގެން 0.60 ލާރީގެ ރޭޓުން ޖެހޭ ޢަދަދެވެ.

ބިންކުއްޔަށް ހިފާ ފަރާތުގައި ހުންނަން ޖެހޭ ޝަރުޠު:

1-     ދިވެހިރާއްޖޭގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކޮށްފައިވާ ކުންފުއްޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ބިދޭސީ ވިޔަފާރިއެއް ކަމަށްވުން .

2-     ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ބިންގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވާލުމާއި ، މަކަރާއި ހީލަތްހެދުމާއި ، ފްރޯޑްގެ ކުށެއް ސާބިތުވެފައި ނުވުމާއި ، އެއްވެސް ހުކުމެއް ތަންފީޒު ކުރަމުންދާ ޤާނޫނީ ޝަޚްސަކަށް ނުވުން. 

3-     މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދައްކަންޖެހޭ ފައިސާއެއް ވާނަމަ ، ފައިސާ ދައްކަންޖެހޭ އުސޫލުން ދައްކަމުން ގެންދާ ފަރާތަކަށްވުން

4-     އިފްލާސް ކޮށްފައިވާ ޤާނޫނީ ޝަޚްސަކަށްނުވުން.

ޕޮއިންޓް ދިނުމުގައި ބަލާނެ ކަންކަން

  • ޖުމުލަ އަގު %40
  • މާލީ ޤާބިލުކަން
  • ސީ.އެސް.އާރު %50

 

      ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 އޮގަސްޓް 2023
ހޯދާ