މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ޢިމާރާތައް ބައެއް އިތުރުކުރުމުގެ މަސައްކަތް ފިޔަވަހި 2

ކައުންސިލްގެ ޢިމާރާތައް ބައެއް އިތުރުކުރުމުގެ މަސައްކަތް ފިޔަވަހި 2

           މިކައުންސިލްއިން ދޭކުރެހުމަކާއި އެއްގޮތަށް ކައުންސިލްއިދާރާގެ ހުޅަނގުފަރާތައް އިތުރުކޮށްފައިވާ ބައިގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުންކުރި އިޢުލާންއާ ގުޅިގެން  އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައި ނުވާތީ މިކައުންސިލްގެ ނަމްބަރ (IUL)325-A/325/2023/43   ( 01 އޯގަސްޓް 2023 ) އިޢުލާން ބާޠިލްކޮށް ތިރީގައިވާ މަސައކްތްތައް ކޮށްދޭވެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

         1 ޢިމާރާތުގެ އެތެރެއާއި ބޭރު ސީލިންގްކޮށް ނަލަފިލާޖަހާ ދިޔަދޮވި ހަރުކުރުން .

         2 އިމާރާތުގެ އެތެރެއާއި ބޭރުގެ ކަރަންޓް ވައިރު އެޅުން .

         3 ޢިމާރާތުގެ އެތެރެއާއި ބޭރުގައި ސީލަރު ލުން .   

            ވީމާ، މިމަސައްކަތް  އަމިއްލަތަކެތީގައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އޯގަސްޓް 2023 ވާ ބުދަ ދުވަހު 13.00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 03 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ކައުންސިލް ޢިމާރާތައް ބައެއް އިތުރުކުރުމުގެ މަސައްކަތް ފިޔަވަހި 2" މިހެން ލިޔެފައި އޮންނަން ވާނެއެވެ.  އަދި މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.  އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

80%

v     އަގަށް ދެވޭ މާރކްސް

v      މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocated percentage

މުއްދަތު

10%

v     މުއްދަތަށް ދެވޭ މާރކްސް

v     މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/Submitted

 

ތަޖުރިބާ

10%

v     ތަޖުރިބާ ގެ ލިޔުންތައް ހުށަހަޅާފައިވާނަމަ ( ޕްރޮފައިލް )

 

 2  ސަމާލުކަންދޭންވީ ކަންތައްތައް

1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

v    މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް

v    މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް

v    އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

 

  2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

   1 އަމިއްލަ ފަރުދެއްނަމަ އެ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީއާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ

   2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :         6600005

          އީ . މެއިލް :      [email protected]

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

14 އޮގަސްޓް 2023
ހޯދާ