މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލަރެސް ކޮމިޓީގައި ބައިވެރިވާނެ ފަރާތެއް ހޯދުން

އިޢުލާނު

ގޯތި ދޫކުރުމަށް އެކުލަވާލާ، "ވިލަރެސް ކޮމިޓީ" ގައި ޢާއްމުންގެ ފަރާތުން ބައިވެރިވާނެ މީހަކު ހޯދުން

 

"ބ. ފުޅަދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް- 2023" ގެ 03 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، ބ. ފުޅަދޫން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށާއި ގޯތި ދޫކުރުމުގެ ކަންކަން ވިލަރެސް ކުރުމަށްޓަކައި، ރަށު ކައުންސިލް އިދާރާގެ ފަރާތުން 09 (ނުވައެއް) މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަން ވާނެއެވެ. މިދެންނެވި ކޮމިޓީގައި ރަށު ކައުންސިލްގެ 02 މެމްބަރުންގެ އިތުރުން ކައުންސިލް އިދާރާގެ އިދާރީވެރިޔަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 01 މެމްބަރަކާ، ރަށުގައި ހުރި ދައުލަތުގެ މުއައްސަސާތަކުން 01 ބޭފުޅަކާއި، ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން 01 ބޭފުޅަކާއި އަދި ޢާންމު ރައްޔިތުންގެ ތެރެއިން 01 (އެކެއް) ބޭފުޅަކު ހިމަނަން ވާނެއެވެ.

ވީމާ، މި ކޮމިޓީގައި ޢާޢްމުންގެ ފަރާތުން ބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި އެފަރާތުގެ ވަނަވަރާއެކު، (ސީ. ވީ) އާއި އެކު، 22 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން، ލިޔުމަކުން އެކަން މި އިދާރާއަށް އެންގެވުން އެދެމެވެ.  މި ކޮމިޓީގައި ބައިވެރިވުމަށް އެދި ޢާންމު ރައްޔިތުންގެ ފަރާތުން 01 (އެކެއް) ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފި ނަމަ، ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ހިމެނުމުގައި ބަލާނީ، އެފަރާތެއްގެ ތަޢްލީމީ ފެންވަރަށާއި، ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ، އެކަން ބަޔާންކޮށް ސަރުކާރުގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ތަޖުރިބާގެ ލިޔުން ތަކަށާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

14 އޮގަސްޓް 2023 

14 އޮގަސްޓް 2023
ހޯދާ