މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

މިކައުންސިލްގެ ފަރާތުން ހިންގަމުންގެންދާ ޕްރީސްކޫލުގެ ތިރީގައި މިދަންނަވާ މަގާމަށް މީހަކު ހޯދުމަށް ބޭނުން ވެއްޖެއެވެ.

މަޤާމް

މަސައްކަތު

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމް އޮތް އޮފީސް/އިދާރާ 

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

ސެކްޝަން/ ޔުނިޓު

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓު

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް (2 އަހަރު)

މަޤާމުގެ ކުލެސިފިކޭޝަން

ސަޕޯޓް ސްޓާފު ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މާކުރަތު ޕްރީސްކޫލް/ މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ، ރ. މާކުރަތު

މަޤާމް އޮތް އޮފީސް/އިދާރާ 

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

މަޤާމްގެ ރޭންކް

އެސް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ

މަހަކު 3100.00 (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

މަހަކު 1000.00 (އެއްހާސް ރުފިޔާ)

ސަޕޯޓިންގ ކޯރ އެލަވަންސް

މަހަކު 1200.00 (ބާރަސަތޭކަ ރުފިޔާ)

މިނިމަމް ވޭޖު އެލަވަންސް

މަހަކު 1917.00 (ނަވާރަ ސަތޭކަ ސަތާރަ ރުފިޔާ)

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓިރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ

މަޤާމުގެ ޝަރުޠު

  1. ލިޔަންކިޔަން ދަތުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން
  2. ވަޒީފާގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި ފަރާތަކަށްވުން.
  3. އުމުރުން 60 އަހަރު ފުރިފައިވާ މީހެއް ކަމުގައި ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކޮންމެ ރަސްމީ ދުވަހަކު ދަރިވަރުން ޙާޟިރުވުމުގެ ކުރިން ޕްރީ ސްކޫލުގެ ކުލާސްތައް ކުނިކަހާ ސާފުކޮށް މޮޕްޖެހުމާއި، ކުލާސްތައް ނިމުމުން ކުލާސްތައް ސާފުކޮށް ޑަސްޓްބިން ސާފުކުރުމުގެ މަސައްކަތް ކުރުން
  2. ކޮންމެ ރަސްމީ ދުވަހަކު އެއްފަހަރު ޕްރީ ސްކޫލުގެ ގޯތިތެރެ ކުނިކަހާ ޢިމާރާތުގެ އެތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  3. ޕްރީ ސްކޫލުގެ ކޮމްޕިއުޓަރ، މޭޒު،ފަންކާ އަދި ދޮރާއި ދޮރުފަތާއި ފެންލައިޓުފަދަ ތަންތަނާއި ފޮހެ ހިރަފުސް ފޮޅާ ސާފުކުރުން.
  4. ޕްރީ ސްކޫލުގެ ފާޚާނާތައް މަދުވެގެން ދުވާލަކު އެއްފަހަރު ސާފުކުރުމާއި ކޮންމެ ދުވަހަކު ކިޔަވައިދިނުމުގެ ވަގުތު ނިމުމުން ފާޚާނާތައް ދޮވެ ސާފުކުރުން
  5. ޕްރީ ސްކޫލުގެ ގޯތިތެރޭގައި ހުންނަ ރުއްގަސް ކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުމާއި، ޕްރީ ސްކޫލުގެ ގޯތިތެރެ ޒީނަތްތެރިކުރުމަށް ގޯތިތެރޭގައި ގަސް އިންދާ ފެންދީ ބެލެހެއްޓުން
  6. ޕްރީ ސްކޫލު ކުދިން ސްކޫލުގައި ހޭދަކުރާ ވަގުތުތަކުގައި ދަރިވަރުން ފާޚާނާއަށް ގެންގޮސް ގެނައުން.
  7. ޕްރީ ސްކޫލުގެ ކުލާސްތަކުގައި ކުދިން ބެލެހެއްޓުމާއި އަދި ކުދިން ބޭރަށް ނެރެވޭ ވަގުތުތަކުގައި ކުދިންނަށް ސަމާލުކަންދީ ކުދިން ބެލެހެއްޓުމުގައި ޓީޗަރުންނަށް އެހީތެރިވެދިނުން.
  8. ޕްރީ ސްކޫލުގައި ބޭއްވޭ އެކިއެކި ބައްދަލުވުންތަކާއި އިތުރު ހަރަކާތްތަކަށް ގޮޑިޖަހާ ތައްޔާރު ކުރުން.
  9. ޕްރީ ސްކޫލުގެ ފަރާތުން ބެލެނިވެރިންނާއި، އެކިއެކި ފަރާތްތަކަށް ހަވާލު ކުރަންޖެހޭ ތަކެތި ހަވާލު ކުރުމާއި އަންގަންޖެހޭ އެންގުންތައް އެންގުން.
  10. ޕްރީ ސްކޫލަށް ގެންނަންޖެހޭ ތަކެތި ކައުންސިލްގެ އިދާރާއިން ނުވަތަ ސްޕަވައިޒަރ އަންގާ ގޮތެއްގެ މަތިން ގެނެސް ގުދަން ކުރުމާއި، ޕްރީ ސްކޫލުން އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމުގައި އެހީތެރިވުން.
  11. ޕްރީސްކޫލްގެ ގޯތިތެރެއާއި ޕްރީ ސްކޫލުގެ ވަށާމަގުތައް ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  12. ޕްރީ ސްކޫލު ކުދިން ކުޅުމަށް ބެހެއްޓިފައިވާ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
  13. ޕްރީސްކޫލްގެ ގޯތިތެރެއާއި ގޯތި ހިމެނޭ ސަރަހައްދުގެ ހިރަފުސް ބޯވިޔަނުދީ ފެންޖަހާ ބެލެހެއްޓުމާއި ވިނަގަނޑަށް ފެންޖެހުން
  14. ހަވާލުކުރެވިފައިވާ ތަކެތި ބޭނުން ކުރުމުގައި އިސްރާފު ނުކުރުމާއި ރައްކާތެރިކަމާއެކު ތަކެތި ބެލެހެއްޓުން.
  15. ސްކޫލާއި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި، އަދި ދިމާވާ މުހިއްމު ކަންތައްތަކާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.
  16. ސްކޫލާއި ކައުންސިލްގެ އިދާރާއިން އިސްނަގައިގެން ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އަދި މުބާރާތް ފަދަ ކަންކަމުގައި އެހީތެރިވުން.
  17. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތު ތަކުގައި އަދި ކައުންސިލް އިދާރާއަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ހާލަތްތަކުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސްޕަވައިޒަރުގެ ލަފަޔާ މަޝްވަރާގެ މަތިން މަސައްކަތުގައި ކެތްތެރިކަމާއި އެކު ހަރަކާތްތެރިވުން.
  18. ކައުންސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި ކައުންސިލްގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން. 
  19. ޕްރީ ސްކޫލުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  20. ޕްރީ ސްކޫލުގެ ވާރޭ ފެން ރައްކާކުރެވޭ ހަންތައް ސާފުކޮށް ބެލެހެއްޓުން.
  21. މީގެ އިތުރުންވެސް ވަޒީފާ އާއިގުޅިގެން ޙަވާލުކުރެވޭ މަސައްކަތް ފަރުވާތެރިކަމާއެކު ކުރުމާއި، ޕްރީސްކޫލަށާއި ކައުންސިލަށް އެއްބާރުލުން ދިނުން.
  22. މަސައްކަތްތަކާއި ގުޅިގެން ހަވާލުކުރެވޭ މިނޫން މަސައްކަތްތަކާއި، އަދާކުރަންޖެހޭ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • ލިބިފައިވާ ތަޢުލީމް
  • މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ
  • އިންޓަވިއު
  • ވަޒީފާއާ ގުޅުންހުރި ދާއިރާތަކުން ޙާސިލްކޮށްފައިވާ ސެޓްފިކެޓްތަކެއް ކަމުގައިވުން.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
  • ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިޢުލާނުގެ ސުންގަޑި ހަމަވަންދެން ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.( https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

-          މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮގަސްޓް 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރ. މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

-          އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

-          މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 އޮގަސްޓް 2023 އާއި 05 ސެޕްޓެމްބަރ 2023 އާ ދެމެދު، ރ.މާކުރަތު ކައުންސިލްގެ އިދާރާ ގައެވެ.

ޝޯޓު ލިސްޓް ކުރުން

-          މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

-          އަސަސީ ޝަރުތު ހަމަވުމަށް %50

-          އަސާސީ ޝަރުތައްވުރެ އިތުރަށް އިބިފައިވާ ތައުލީމް %5

-          އަސާސީ ޝަރުތައްވުރެ އިތުރަށް އިބިފައިވާ ތަޖުރިބާ %5

-          އިންޓަވިއު %40

-          ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕްއިންޓުގެ ޖުމުލަ އިންސައްތަ، %70 (ހަތް ދިހަ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

-          އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގެ އިތުރުން އާއްމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް

-          މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ގުޅާނީ 4009840 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ނޯޓު:

-          މިއީ މިއިދާރާގެ ސިވިލްސަރވިސް މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މަޤާމެއް ނޫނެވެ. ނަމަވެސް މި މަޤާމުގައި މުވައްޒަފުން ގެންގުޅޭނީ ސިވިލް ސަރވިސް ޤަވާއިދު 2014 ގެ ޗެޕްޓަރ 9 ގައިވާ ވަގުތީ މުވައްޒަފުން ގެންގުޅުމަށް ހަމަޖެހިފައިވާ އުސޫލުންނެވެ.

-          ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.

 

27 މުޙައްރަމް 1445

14 އޮގަސްޓް 2023

14 އޮގަސްޓް 2023
ހޯދާ