މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
20 ރަށެއްގައި ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމް (ޕީސީއެމްއެސް) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ޓެސްޓުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް (2 އަހަރުގެ އޮޕެރޭޝަން، މެއިންޓެނެންސް އަދި ޓްރެއިނިންގ ހިމެނޭގޮތަށް)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

( ޕްރޮޖެކްޓް ނަންބަރު: TES/2023/G-011)

 

20 ރަށެއްގައި ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމް (ޕީސީއެމްއެސް) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ޓެސްޓުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް (2 އަހަރުގެ އޮޕެރޭޝަން، މެއިންޓެނެންސް އަދި ޓްރެއިނިންގ ހިމެނޭގޮތަށް)

 

1. ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން 20 ރަށެއްގައި ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމް (ޕީސީއެމްއެސް) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ޓެސްޓުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތް (2 އަހަރުގެ އޮޕެރޭޝަން، މެއިންޓެނެންސް އަދި ޓްރެއިނިންގ ހިމެނޭގޮތަށް) ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2. ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޯލޮޖީގެ ބޭނުމަށް 20 ރަށެއްގައި ޕަވަރ ޕްލާންޓް މޮނިޓަރިންގ ސިސްޓަމް (ޕީސީއެމްއެސް) ޑިޒައިން، ސަޕްލައި، އިންސްޓޯލް އަދި ޓެސްޓުކޮށް ކޮމިޝަން ކުރުމުގެ މަސައްކަތަށް (2 އަހަރުގެ އޮޕެރޭޝަން، މެއިންޓެނެންސް އަދި ޓްރެއިނިންގ ހިމެނޭގޮތަށް)ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި ޕްރޮޖެކްޓަކީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ސިންގަލް ސްޓޭޖް ވަން އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

4. މި ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 500,000.00 އެމެރިކާ ޑޮލަރުލިބިފައިވުން.
  • ފާއިތުވި 3 އަހަރު ތެރޭގައި މިބާވަތުގެ 5 މަސައްކަތްކޮށްފައިވުން އަދި ކޮންމެ މަސައްކަތެއްގެ އަގު މަދުވެގެން 50,000.00 އެމެރިކާ ޑޮލަރު ކަމުގައިވުން.

ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.

5. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން   : (+960) 3349113، (+960) 3349106، (+960) 3349147

އީމެއިލް  : [email protected]

ކޮޕީ   : [email protected]

6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 2023 އޮގަސްޓް 14 އިން 2023 އޮކްޓޫބަރު 2އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 5 ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

7. މި ޕްރޮޖެކްޓުގެ ބިޑިންގ ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

8. ބީލަން ހުޅުވުން އޮންނާނީ 2023 އޮކްޓޫބަރު 4ވާ ބުދަ ދުވަހުގެ 12:00:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

9. މި އިޢުލާނު ތިރީގައިވާ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާނެއެވެ.

www.finance.gov.mv

www.gazette.gov.mv

www.adb.org

14 އޮގަސްޓް 2023
ހޯދާ