ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިމެއް ކުއްޔަށް ދޫކުރުމުގެ އިޢުލާނު

                                  އިއުލާން

 ބިމެއް ކުއްޔަށް ދޫކުރުން.

އައިސްޕުލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ފ.ނިލަންދޫ ތެޔޮސެންޓަރު "އައްޑަނަ" ގެ ހުޅަނގުން އޮތް ހުސް ބިމުން 2200  އަކަފޫޓުގެ ބިން 01 ސެޕުޓެންބަރު 2023 އިން ފެށިގެން 15 (ފަނަރަ ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައިފީމެވެ. މިބިމަށް ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/0.70 (ހަތްދިހަ) ލާރިއެވެ.

ވީމާ ބިން ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވާ ފަރާތްތަކުން 2023 އޮގަސްޓް  22 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " އައިސްޕުލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ފ.ނިލަންދޫ ތެޔޮސެންޓަރު "އައްޑަނަ" ގެ  ހުޅަނގުން އޮތް ހުސް ބިން ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. ބިންކުއްޔަށް ހިފުމަށް ސިޓީ ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ ސިޓީތަށް ބަލައެއް ނުގަނެވޭނެއެވެ.

ދަންނަވަމެވެ. މިބިމަށް އެދި ސިޓީ ހުށަހަޅުއްވާއިރު ބިން ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭނާއި ، ހުށަހަޅާ ފަރާތުގެ ވަނަވަރާއި އައި.ޑީކާޑްގެ ސާފު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ. ބިން ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނީ އެންމެ މަތީ އަގު ހުށަހަޅުއްވާ ފަރާތަކަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

13 އޮގަސްޓް 2023
ހޯދާ