އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރިޔާސީ އިންތޚާބު 2023 - އޮބްޒާވަރުން އަދި މޮނީޓަރުނަށް އެދި ފޯމު ހުށަހެޅުމުގެ ވަގުތު އިތުރު ކުރުން

(IUL)38-BB/38/2023/366 :އިޢުލާން

 އިޢުލާން

ރިޔާސީ އިންތޚާބު 2023

އޮބްޒާވަރުން އަދި މޮނީޓަރުނަށް  އެދި ފޯމު ހުށަހެޅުމުގެ ވަގުތު އިތުރު ކުރުން

2023 ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި މޮނީޓަރކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2023 ޖުލައި 19 ވީ ބުދަ ދުވަހުން  ފެށިގެން ހުޅުވާލެވިފައިވާ ފުރުޞަތު 2023 އޮގަސްޓް 15 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށް އިތުރުކޮށްފީމެވެ.

އޮބްޒާވަރުން އަދި މޮނީޓަރުންގެ  ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އަދި އިންތޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމެގެ އިންތިޒާމް 2023 އޮގަސްޓް 15 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ހަމަޖެހިފައި ހުންނާނެއެވެ.

 އޮބްޒާވަރުން އަދި މޮނީޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] އީމެއިލަށެވެ. އޮބްޒާވަރުން އަދި މޮނީޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 އޮގަސްޓް 2023
ހޯދާ