މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ އަންހެނުންގެ މިސްކިތް ނަގައި ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދަން

އިންނަމާދޫ ކުރީގެ އަންހެނުންގެ މިސްކިތް ނަގައި، ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިރަށު ކުރީގެ އަންހެނުންގެ މިސްކިތް ނަގައި، ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)307/INDIV/2015/12) އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތު ކަރުދާހުގައި މަޢުލޫމާތު ފުރިހަމަ ނުވުމާ ގުޅިގެން، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.  

ވީމާ، އަންހެނުންގެ މިސްކިތް ނަގައި، ބިން ސާފުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިސްކިތް ނަގައި، ބިން ސާފުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ޕްރޮޕޯޒަލްތައް ބަލައިގަތުން އޮންނާނީ 01 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 ގައެވެ. ޕްރޮޕޯޒަލް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި ޕްރޮޕޯޒަލް ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައި ޕްރޮޕޯޒަލް ކެނޑުން ބޭއްވޭނެއެވެ. ޕްރޮޕޯޒަލް ކަނޑައިބަލާއިރު މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާ އެއްގޮތަށް ހުށަހަޅާ ޕްރޮޕޯޒަލެއް ނޫނީ ބަލައެއްނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

   07 ރަބީޢުލްއާޚިރު 1436

28 ޖަނަވަރީ 2015
ހޯދާ