ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ގދ. ފިޔޯރީ ކާޅެހުއްޓާއިން ޓޫރިޒަމް ޒޯން އަށް ކަނޑައަޅާފައިވާ ބިން ކުއްޔަށް ދޫކުރުން

ފަތުރުވެރިކަމުގެ ވިޔަފާރި ހިންގުމަށް ގދ. ފިޔޯރީ ކާޅެހުއްޓާއިން ޓޫރިޒަމް ޒޯނަށް ކަނޑައަޅާފައިވާ ބިން 50 (ފަންސާސް) އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބިމުގެ މައުލޫމާތު:

 

ބިމުގެ ނަންބަރު

 ސަރަހައްދުގެ ބޮޑުމިން  (އަކަފޫޓު)

ބިމު ކުލީގެ ގޮތުގައި  އަކަފޫޓަކަށް ހުށަހެޅޭނެ އެންމެ ދަށް އަދަދު އަހަރަކަށް

1

429،480.00 (ހަތަރުލައްކަ ނަވާވީސް ހާސް ހަތަރުސަތޭކަ އައްޑިހަ) އަކަފޫޓް

0.5ރ (ފަންސާސް ލާރި)

 

 

ބީލަމަށް ރަޖިސްޓްރީކުރުން

މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 އޮގަސްޓް 13 އިން2023 އޮގަސްޓް 24ގެކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ،  [email protected]     މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބިޑް ޑޮކިޔުމަންޓްގެ ސޮފްޓް ކޮޕީ އީމެއިލް ކުރެވެނޭއެވެ.

މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 24 އޮގަސްޓް 2023 ގެ 14:00 ގެ ކުރިން، މިއިދާރާގެ ޕްރޮޖެކްޓް އީމެއިލް އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 29 އޯގަސްޓް 2023 ގެ 14:00 ގެ ކުރިން އެފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.

ބީލަން ހުށައެޅުން

 

ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 31 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

ބިޑް ރަޖިސްޓްރީ ކުރަން ހުށައެޅި ފަރާތް ނޫން އެހެން ފަރާތަކުން ބިޑް ހުށައަޅަން ފޮނުވާނަމަ ކުންފުނީގެ ސިޓީއެއް ހުށައަޅަންވާނެއެވެ.

          

     ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

އިތުރު މަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: [email protected]

 

13 އޮގަސްޓް 2023

13 އޮގަސްޓް 2023
ހޯދާ