މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ހޯލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1-  މަޖީދިއްޔާ ސްކޫލްގެ ސަލާޙުއްދީން ހޯލް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2-  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 13  އޮގަސްޓް 2023 އިން 16 އޮގަސްޓް 2023 ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

3-  ލިންކް:  https://forms.gle/LZACSvPg8qdqdAR99

4-  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  17 އޮގަސްޓް 2023 ދުވަހުގެ 13:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5-  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  29 އޮގަސްޓް 2023 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓީންގ ރޫމްގައެވެ.

6-  ސަލާހުއްދީން ހޯލްމަރާމާތުކުރުމުގެ މަސައްކަތުގެ މަޢުލޫމާތު ސެޝަންގައި މި މަސައްކަތުގެ ތަފްޞީލް އަދި ބީލަން ފޮތް ލިޔުމުން ލިބިވަޑައިގަންނަވާނެއެވެ. މި މަޢުޅޫމާތު ލިބިވަޑައިގަންނަވާނީ ޕްރީ ބިޑް މީޓިން އަށް ވަޑައިގަންނަވާ ބޭފުޅުންނަށެވެ. ޕްރީ ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓް 2023 ވަނަ ދުވަހުގެ 13:00 ގައި މަޖީދިއްޔާ ސްކޫލް މީޓިންގ ރޫމް ގައެވެ.

7-  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މަޖީދިއްޔާ ސްކޫލް

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3320340

އީ-މެއިލް: [email protected]

12 އޮގަސްޓް 2023
ހޯދާ