މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ ކަރަންޓް ތްރީ ފޭސްއަށް ބަދަލުކުރުމާ ބެހޭ

ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ ކަރަންޓް ތްރީ ފޭސް ކަރަންޓަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ އެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނު ނަންބަރު 6/2013)"  ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.  

 

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ ހެނދުން 10:30 ށް ބ .ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ. މިއިޢުލާނާއެކު މަޢުލޫމާތު ކަރުދާސް އަދި އެސްޓިމޭޓް ހުށަހަޅާފޯމް އެޓޭޗް ކުރެވިފައިވާ ވާނެވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6608011 ގުޅުއްވައިގެން ނުވަތަ  [email protected]  އީމެއިލްއަށް ސާފުކުރަން ބޭނުންވެލައްވާ މަޢުލޫމާތުތައް ފޮނުއްވުން އެދެމެވެ.

                 23  A   1444

10 އޮގަސްޓް 2023
ހޯދާ