ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކަށް ތިރިވެފައިވާ ގަސްގަހުގެ ގޮތްޕާއި ރުއްރުކުކުގެ ފަން ކެނޑުމާގުޅޭ

މަގުގައި ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާގޮތަށް ބައެއް ގޯތިތަކުން ގަހާއި، ރުކުގެ ފަން ފަދަ ތަކެތި މަގުމައްޗަށް ތިރިވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މަގުމަތީގެ ޙައްޤުތައް މަގު ބޭނުންކުރާ ފަރާތްތަކަށް ދިނުމަށް އަޅުގަނޑުމެންގެ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. ރަސޫލާ (ޞ) ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އީމާންކަން ހަތްދިހަ އެތައް ގުނައަކަށް ބެހިގެންވެއެވެ. އެންމެ ދަށް މިންވަރަކީ މަގުމަތީގައި މީސްތަކުންނަށް އުނދަގޫވާ ގޮތަށް ހުންނަ ތަކެތި ދުރުކުރުމެވެ."

އެހެންކަމުން، މަގު ބޭނުން ކުރާ ފަރާތްތަކަށް ފަސޭޙަކަމާއި ރައްކާތެރިކަމާއެކު މަގު ބޭނުންކުރުމަށް ފުރުސަތު ދިނުމަކީ ކޮންމެ ރައްޔިތަކުވެސް ކުރަންޖެހޭ ކަމެކެވެ.

ވީމާ، މަގުތަކަށް ނުކުމެފައިވާ ރުއް ގަސް، 8 ފޫޓަށް ވުރެ ތިރި ނުވާނޭހެން ވީހާވެސް އަވަހަަށް ކޮށައި، ގޭގެއިން މަގަށް ނުކުމެފައިވާ ރުއްތައް 15 ދުވަސް ތެރޭގައި ސާފުކޮށް ދިނުމަށް އަންގަމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 މުޙައްރަމް 1445

10 އޮގަސްޓް 2023
ހޯދާ