ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސަޕޯރޓް ސްޓާފް
ބޭނުންވާ އަދަދު :1

އަސާސީ މުސާރަ: -/2,800ރ (ދެހާސް އައްސަތޭކަ ރުފިޔާ)

އެލަވަންސް؛

ސަރވިސް އެލަވަންސް: އަސާސީ މުސާރައިގެ %80 

އިތުރުގަޑި އެލަވަންސް: އަސާސީ މުސާރައިގެ %60 

ފުޑް އެލަވަންސް: -/1500ރ (ފަނަރަ ސަތޭކަ ރުފިޔާ)

މިނިމަމް ވޭޖް އެލަވަންސް: -/460ރ (ހަތަރުސަތޭކަ ފަސްދޮޅަސް ރުފިޔާ)

އޮފީސް: ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. / އިސްކަންދަރު ކޮށި 01، މާލެ

މަސައްކަތް ކުރަންޖެހޭތަން: ނޫސަންދަ އައްޑޫ ކްލިނިކް / ސ.ހިތަދޫ

މަޤާމުގެ ޝަރުތު:

ލިޔަން ކިޔަން އެނގުން.

ނޯޓު: ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

- ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،

- ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،

- ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 އިތުރު މަޢުލޫމާތު:  މިމަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 އޮގަސްޓް 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ވަޒީފާއަށް އެދޭ ކަމުގެ ސިޓީ (ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. މެނޭޖިންގ ޑިރެކްޓަރ އަށް އެޑްރެސްކޮށް)، ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ، ސީ.ވީ. އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕވޓ. ލޓޑ. / އިސްކަންދަރު ކޮށި 01،  އަށް ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

# އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7868676 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

10 އޮގަސްޓް 2023
ހޯދާ