މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެކްސްކަވޭޓަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

އެކްސްކަވޭޓަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާބެހޭ

މި ސަރވިސްގެ މާފުށީ ޖަލުގައި ހަދަމުންގެންދާ ބައުންޑްރީ ވޯލްގެ މަސައްކަތުގެ ތެރެއިން 1300 މީޓަރު ދިގުމިން (3 ފޫޓް ފުޅާ، 4 ފޫޓް ފުން) ކޮނުމަށާއި އަދި އެ ސަރަހައްދުގައި ހުރި ބްލޮކްތައް (އެއްޓަނުގެ) މިސަރވިސްއިން ދައްކާ ތަނެއްގައި ބަހައްޓައިދިނުމުގެ މަސައްކަތުގައި ބޭނުންކުރުމަށް އެކްސްކަވޭޓަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިއޮފީހަށް (ޣާޒީ ބިލްޑިންގއަށް) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3334889 (ޕްރޮކިއުމެންޓް ސެކްޝަން) އަށް ގުޅުއްވުން އެދެމެވެ.

25 ރަބީޢުލްއާޚިރު 1436

15 ފެބުރުވަރީ 2015
ހޯދާ