ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓުސަލް ދަނޑު ތަރައްޤީ ކުރުމާއި ބެހޭ

ނަންބަރ: (IUL)258/258/2023/130

 

އިޢުލާން

         

ފުޓުސަލް ދަނޑު ތަރައްޤީ ކުރުމާއިބެހޭ

              މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ހަނިމާދޫގައި ފުޓުސަލް ދަނޑެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

              ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2023 އޮގަސްޓް 23 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2023 ސެޕްޓެމްބަރ 3 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ. 

ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. ބީލަން ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

            ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

09 އޮގަސްޓް 2023
ހޯދާ