ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި އިޢުލާންވަނީ 10 އޮގަސްޓް 2023 12:39 ގައި ބާތިލް ކުރެވިފައެވެ.


ނަންބަރު: (IUL)403-OU-07894/403/2023/118

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

          ލ.މާމެންދޫ ޤަބުރުސްތާނާ ހިނަވާގެ މީލާދީ 2 (ދޭއް) އަހަރު ދުވަހަށް ކުނިކަހައިސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ޕްރޮޖެކްޓާއިގުޅޭ ބީލަން ޑޮކިއުމަންޓްތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ތަފްޞީލް

ދުވަސް

ތަން

ބީލަމުގައި ރަޖިސްޓްރީވުން

10 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމައަށް

ލ.މާމެންދޫ ކައުންސިލް އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

17 އޯގަސްޓް 2023

(ބުރާސްފަތި)

13:00 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

       

          

     މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 އޯގަސްޓް 16 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. މިބީލަން ފޮތް،13 އޯގަސްޓް 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 17 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.

 

 

 

 

* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

* އީމެއިލް: [email protected]

* ފޯން: 6800705

              ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

              22 މުޙައްރަމް 1445ހ

              09 އޯގަސްޓް 2023މ

 

                                                            ޙަސަން ރަމީޒް

                                                         ކައުންސިލްގެ ރައީސް

 

 

 

 

09 އޮގަސްޓް 2023
ހޯދާ