ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޔުނިވަރސިޓީގެ ރަންޔޫބީލް ލޯގޯ ފަރުމާކުރުން
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް 50 އަހަރު ފުރޭ ރަންޔޫބީލްގެ ހަރަކާތްތަކުގައި ބޭނުންކުރުމަށް ލޯގޯއެއް ފަރުމާކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ޔުނިވަރސިޓީއަށް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
- ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ ކަންކަން މި ނޯޓިސް އާ އެޓޭޗްކޮށްފައިވާ (ޖަދުވަލު-1 ގައިވާ) މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާނެއެވެ. އަގު ހުށަހަޅަންވާނީ ބަޔާންކޮށްފައިވާ މަސައްކަތް (ޔުނިވަރސިޓީގެ މިންގަނޑާ އެއްގޮތަށް) ކޮށް ނިންމޭނެ އަގެކެވެ.
- ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ޖަދުވަލު-1 ގައި ބަޔާންކޮށްފައިވާ މައުލޫމާތު ޝީޓްގައިވާ ލިޔުންތައް ޕްރޮޕޯސަލާއެކު ހުށަހަޅަންޖެހޭނެއެވެ.
- ޕްރޮޕޯސަލް ހުށަހަޅާނީ 15 އޯގަސްޓް 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށެވެ. ޕްރިންޓް ކޮޕީ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ފަރާތްތަކުގެ ޕްރޮޕޯސަލް، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގެ ރިސެޕްޝަނަށް މަތީގައި ބަޔާންކުރި ސުންގަޑީގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މި މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ.
މަސައްކަތާ ގުޅޭ މައުލޫމާތެއްނަމަ: |
އިދާރީ މައުލޫމާތެއް ނަމަ؛ |
މާރކެޓިންގ ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345134, 3345146 އީ-މެއިލް: [email protected] |
ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: , 3345148, 33451103345109، 3345111 އީ-މެއިލް: [email protected] |
6. ޕްރޮކިޔުމަންޓް ނޯޓިސް އާ ގުޅިގެން ދެވޭ އާންމު އިރުޝާދު، މި ނޯޓިސްއާ އެޓޭޗްކޮށްފައިވާ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާނެއެވެ. ނޯޓިސް އާ ގުޅިގެން ތަކެތި ވިއްކުމަށް ނުވަތަ މަސައްކަތް ކުރުމަށް ކުރިމަތިލާ އެންމެހާ ފަރާތްތަކުން އެ އިރުޝާދުގައި ބަޔާންކޮށްފައިވާ ކަންކަމަށް އަމަލުކުރަންވާނެއެވެ.
09 އޮގަސްޓް 2023
ހޯދާ