މަޑިފުށީ ސްކޫލް، ތ. މަޑިފުށި
ދިވެހިރާއްޖެ
2023 – 2028އަށް މި ސްކޫލްގެ ދަރިވަރުންގެ ޔުނިފޯމް ހޯދައިދޭނެ ފަރާތެއް ހޯދުމާގުޅޭ

2023 – 2028އަށް މި ސްކޫލްގެ ދަރިވަރުންގެ ޔުނިފޯމް ހޯދައިދޭނެ ފަރާތެއް ހޯދުމާގުޅޭ:

 

                        ކުރިއަށް މިއޮތް 5 އަހަރަށް މި ސްކޫލްގެ ދަރިވަރުންގެ ޔުނީފޯމްގެ އެންމެހާ ކަންކަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮގަސްޓް 2023ވާ އާދިތްތަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ޙާޟިރުވެ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ބިޑްގެ މައުލޫމާތު ބައްދަލުވުން އޮންނަ ތާރީޚް

އަންދާސީހިސާބު ހުށަހެޅުމަށް

13 އޮގަސްޓް 2023 އާދީއްތަ ދުވަހުގެ 11.00

16 އޮގަސްޓް 2023 ވާ ބުދަ ދުވަހު 11.00

                         އަދި ދަންނަވަމެވެ. ބިޑްގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ފޯރމް ހުށަހަޅުއްވާ ފަރާތްތަކުން މެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780605 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

                        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        9 އޮގަސްޓް 2023

                                                  

09 އޮގަސްޓް 2023
ހޯދާ