މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

"ރެހެންދި އެވޯޑު"

އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ އާދަޔާ ޚިލާފު ޙިއްޞާއެއް އޮވެ، ޤައުމަށް ބޮޑެތި ލާބައާއި މަންފާ ލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ވަނީ ކޮންމެ އަހަރަކު "ރެހެންދި އެވޯޑު" ގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމާފައެވެ.

މިއެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް) ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

އެވޯޑް ދެވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ، ރެހެންދި އެވޯޑު ކޮމިޓީންނެވެ.

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމު
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް
  • ވަނަވަރު އަންގައިދޭ ލިޔުމެއް
  • ސަޕޯޓިންގ ޑޮކިއުމަންޓްސް (އެޕްލިކޭޝަން ފޯމުގައި ބަޔާންކުރައްވާފައިވާ މަޢުލޫމާތުތައް ކަށަވަރުކޮށްދޭ ލިޔުންތައް)
  • އެވޯޑަށް އެހެން ފަރާތުގެ ނަން ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި އައި.ޑީ ކާޑުގެ ކޮޕީ
  • އައިޑީ ކާޑުގެ ކޮޕީ
  • މިނޫންވެސް އެހެނިހެން ލިޔެކިޔުންތައް  

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން ލިބިވަޑައިގަންނަވާނެއެވެ.

މިއެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 19 ފެބުރުވަރީ 2015 އެވެ.

15 ފެބުރުވަރީ 2015
ހޯދާ