މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުދަލުގެ ވެރިފަރާތް ހޯދުން

މުދަލުގެ ވެރިފަރާތް ހޯދުން

މިރަށު ދެކުނުފަރާތު ބީޗު ސަރަހައްދުގައި ޓޫރިސްޓް ވިލެޖްތަރައްޤީކުރުމަށް ފެށި މަސައްކަތުގެ ތެރެއިން ހަދަންފަށާފައިވާ 3 ބުރީގެ ޢިމާރާތާއި، ޢިމަރާތް ކުރުމަށް ގެނެވި އެސަރަހައްދުގައި ހުރި އެހެނިހެންވެސް ބައެއްތަކެތީގެ ވެރިފަރާތެއްވާނަމަ 2023 އޮގަސްޓް 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް އެންގުމަށްފަހު 2023 ސެޕްޓެމްބަރ 30 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އެތަކެތި ނަގާ ތަންހުސްކުރުމަށް އަންގަމެވެ. ޓޫރިސްޓް ވިލެޖްތަރައްޤީކުރުމުގެ ބޭނުމަށް ގެނެވި އެސަރަހައްދުގައި މިހާރު ހުރި އެއްވެސް މުދަލެއް 2023 ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ ފަހުން އެސަރަހައްދުގައި ހުރިނަމަ އެއީ ވެރިޔަކު ނެތި ދޫކޮށްލެވިފައިވާ ތަކެތި ކަމަށްބަލާ، ކައުންސިލަށް އެތަކެތި ނެގޭނެކަން ނުވަތަ އެތަކެތި ނައްތާލުމުގެ މަސައްކަތް ކައުންސިލުން ކުރާނެކަމަށް އަންގަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އޮގަސްޓް 2023
ހޯދާ