ވަޒީފާގެ ފުރުޞަތު
|
ނަންބަރު: RDO-PROMISE/2023-07
|
ތާރީޚް: 09 އޮގަސްޓް 2023
|
މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް
|
ކޮންޓްރެކްޓް މުއްދަތު:
|
1 ސެޕްޓެމްބަރ 2023 އިން 30 ޖޫން 2024
|
މަސައްކަތް ކުރަންޖެހޭ ދުވަހުގެ އަދަދު
|
ޔުނިވަރސިޓީ ބަންދުނޫން ދުވަސްތައް
|
މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު
|
މަސައްކަތްކުރާ ކޮންމެ ދުވަހަކު 6 ގަޑިއިރު
|
އުޖޫރަ
|
މަހަކު 8,151.00 ރުފިޔާ
|
އެހެނިހެން އިނާޔަތްތައް:
|
ސާރވިސް އެލަވަންސް: 3,064.00 ރުފިޔާ
ފީލްޑް އެލަވަންސް: 4,785.00 ރުފިޔާ
|
މަޤާމުގެ ޝަރުތު:
|
- އެންވަޔަރަމަންޓް، އިކޮނޮމިކްސް، ފައިނޭންސް، ނުވަތަ ބިޒްނަސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
- އެންވަޔަރަމަންޓް، އިކޮނޮމިކްސް، ފައިނޭންސް، ނުވަތަ ބިޒްނަސް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 6 ވަނަ ހަރުފަތުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓިވް މަގާމެއްގައި މަސައްކަތްކުރުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- ދިރާސާކުރުމާއި، ޑޯނަރ ފަންޑެޑް ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޕްރޮޖެކްޓް އާ ގުޅުންހުރި ހުރިހާ ރިސަރޗް ހަރަކާތްތައްކުރުމުގައި އިދާރީގޮތުން ދޭންޖެހޭ އެހީތެރިކަންދިނުން.
- ޕްރޮޖެކްޓްގެ ހަރަކާތްތައް އިމްޕްލިމެންޓްކުރުމުގައި ޕްރޮޖެކްޓް މެނޭޖަރ އަށް ދޭންޖެހޭ އެހީތެރިކަންދިނުން.
- ކޮލަބޮރޭޓްކޮށްގެން މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ރިސަރޗްގެ އިދާރީ މަސައްކަތް ފެސިލިޓޭޓްކޮށް، ޕްރޮޖެޗެޓްގެ ޝަރުތުތަކާ އަދި ގުޅުންހުރި ޕޮލިސީތަކާ ޕްރޮސީޖަރތައް ޕްރޮމޯޓްކުރުމަށްޓަކާ އާ ޕްރޮސެސްތަކާ ޓޫލްތަކާ ގުޅޭ މަޢުލޫމަތު ދިނުމަށް ހެލްޕް ޑެސްކެއްގޮތުގައި މަސައްކަތްކުރުން.
- ޕްރޮޖެކްޓުގެ ފަންޑް ބެލެންސްތަކާއި ހަރަކާތްތައް ނިންމަންޖެހޭ ތާރީޙްތައް ރިވިއުކުރުން.
- ހަރަދުތައް ހިނގަމުންދަނީ އީ.ޔޫގެ ޕޮލިސީތަކާ އެއްގޮތަށްތޯ ބަލާ ވެލިޑޭޓްކުރުން.
- ރަނގަޅު ރެކޯޑް ރިޓެންޝަން ޕްރެކްޓިސްތައް ޕްރޮމޯޓްކުރުމަށްޓަކާ ގުޅުންހުރި ޕޮލިސީތަކާއި ލިނުންތައް ފަސޭހައިން ލިބޭނެގޮތް އަދި ޕޮލިސީތަކާއެއްގޮތަށް މަސައްކަތްކުރެވޭނެ ގޮތް ފެސިލިޓޭޓްކޮށްދިނުން.
- ފަންޑުގެ އިތުރަށް ހިނގާފައިވާ ހަރަދުތަކާ ގުޅޭ ކަންކަން ހައްލުކުރުމުގައި އެހީތެރިވެ، ފައިނެންޝަލް ރިޕޯޓުތަކާއި ރިސަރޗް ހަރަކާތްތަކާ ގުޅުންހުރި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ރިސަރޗް ހަރަކާތްތައް ރަނގަޅަށް ކުރިއަށްގެންދިއުމަށްޓަކާ ގުޅުންހުރި ފަރާތްތަކަށް ރިޕޯޓީންގ ޑެޑްލައިންތަކުގެ ރިމައިންޑަރ ދިނުން.
- ފީލްޑް ވޯރކް އަދި ޕްރޮޖެކްޓާ ގުޅުންހުރި ހަރަކާތްތަކަށް ބޭނުންވާ ދަތުރުފަތު އަދި ލޮޖިސްޓިކަލް އެރޭންޖްމަންޓްތައް ރޭވުން.
- ގްރާންޓްސް ނުވަތަ ރިސަރޗް ފަންޑަށް އެކަޝީގެންނުވާގޮތެއްގައި ޗާޖްކޮށްފައިވާ ހަރަދުތައް ރަނގަޅުކުރުމުގައި އެހީތެރިކަންދިނުން.
- ބޭނުންޖެހޭ ވަގުތުތަކުގައި ސެކްޝަންގެ އިތުރު އިދާރީ މަސައްކަތްކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: 17 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރައްވަންވާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މި އިޢުލާނާ ގުޅިގެން އިތުރު މަޢޫލޫމާތު ސާފުކުރުއްވުމަށް ގުޅުއްވާނީ 3345424 ނަމްބަރު ފޯނަށެވެ.
|