މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް މެނޭޖަރ، މާރކެޓިންގ އެންޑް ބިޒްނަސް ޑިވަލޮޕްމަންޓް

އިޢުލާނު

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެސިސްޓަންޓް މެނޭޖަރ، މާރކެޓިންގ އެންޑް ބިޒްނަސް ޑިވަލޮޕްމަންޓް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

-/23,469 - -/20,352 ރުފިޔާއާ ދެމެދު

ފެންވަރު ނުވަތަ ޝަރުތު:

  • ބިޒްނަސް މެނޭޖްމެންޓް، މާރކެޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7/8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު މަގާމާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ބިޒްނަސް މެނޭޖްމެންޓް، މާރކެޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6/5 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު މަގާމާއި ޅުންހުރި ދާއިރާއަކުން މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ގްރެފިކް ޑިޒައިނިންގ އާ ގުޅުންހުރި ދާއިރާއަކުން ތަމްރީން ލިބި، އެ ދާއިރާއާ ގުޅުންހުރި ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  • ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

  • ކުންފުނީގެ ސްޓްރެޓެޖިކް ޕޮލިސީ ތަންފީޒު ކުރުމުގައި މެނޭޖިންގ ޑިރެކްޓަރަށް އެހީތެރިވެދިނުން.
  • ކުންފުނީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ބޭނުންވާނެ ކަންކަން ދިރާސާކުރުމާއި އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުން.
  • ކުންފުނީގެ އަހަރީ ރިޕޯޓް އަދި ކުއަރޓަލީ ރިޕޯޓް ޤަވާއިދުން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޮންމެ އަހަރެއްގެ ބިޒްނަސް ޕްލޭން ތައްޔާރުކުރުމާއި ކުންފުނީގެ މަސައްކަތްތަކުގެ ތެރެއިން ތައްޔާރުކުރަންޖެހޭ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުށަހެޅުން.
  • ކުންފުނިން އެކުލަވާލާ ޚާއްސަ ރިޕޯޓްތަކަށް ބޭނުންވާ ދިރާސާތައް ކުރުމާއި، ތަފާސް ހިސާބު ބަލަހައްޓާ ތަހުލީލުކޮށް ރިޕޯޓް ތައްޔާރުކުރުން.
  • ކުންފުނީގެ މާކެޓިންގް ޕްލޭން ތައްޔާރުކުރުމާއި އެޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ރާވާ ހިންގުން.
  • ކުންފުނީގެ ފަރާތުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި މާރކެޓް ރިސަރޗްތައް ކުރިއަށް ގެންދިއުމާއި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަޢާރަފްކޮށްފައިވާ ސްކީމްތައް ޕްރޮމޯޓް ކުރުމާއި މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ކުންފުނިން ބޭނުންކުރާ މާކެޓިންގ މެޓީރިއަލްސް ތަކުގެ ކޮންސެޕްޓް ތައްޔާރުކުރުމާއި ޑިޒައިން ކުރުމުގެ މަސައްކަތް ކުރުން.
  • ކުންފުނީގެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު މީޑިއާއި ކުންފުނީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ރައްޔިތުންނަށް ފޯރުކޮށްދިނުން.
  • ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ޕްރޮމޯޓް ކުރުމުގެ ގޮތުން އަތޮޅުތަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ރާވާ ހިންގުން.

 

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަންގެ ރަސްމީ ގަޑި (ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް)

(ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި މަސައްކަތް ކުރަންޖެހިއްޖެ ނަމަ މަސައްކަތް ކުރާގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ފޯމު ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 22 އޯގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ، ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމާއި އެހެނިހެން  ލިޔެކިޔުންތަށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން [email protected] އަށް ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް  އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

 

08 އޮގަސްޓް 2023
ހޯދާ