ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

އިޢުލާނު

 

މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-328707    

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ޓެކްނިކަލް ކޯ އެލަވަންސް: މި މަޤާމުގެ ކޯ ޑިސިޕްލިން ކަމުގައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފްރޭމްވަރކްގެ ލެވެލް 7 (ހަތެއް) އިން ފެށިގެން މަތީ ސަނަދެއް އޮތް ނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ) ހަމަޖެހޭނެއެވެ.
  3. ސަޕޯޓިންގ ކޯ އެލަވަންސް 2: މަޤާމުގެ ޓެކްނިކަލް ކޯއަށް ޝަރުޠު ހަމަނުވާނަމަ، ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00 ރުފިޔާ ހަމަޖެހޭނެއެވެ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  އާއި ހަމަޖެހިފައިވާ އުސޫލުން ރިސްކު އެލަވަންސް.
  5. ހެލްތް ސާރވިސަސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (ތިރީސްފަސް އިންސައްތަ).

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ތަންތަނުގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ އެންމެހާ މަސައްކަތްތައް ގަވާއިދާއި މަސައްކަތު ފެންވަރުބެލުމުގެ އުސޫލުތަކާ އެއްގޮތަށް ކުރުން.

2-      ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ތަންތަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް މުވައްޒަފުންނަށް ބޭނުންވާ ޕްރޮގްރާމްތަކާއި ޓްރެއިނިންގތަކުގެ ފުރުޞަތު ހޯދާދިނުމަށް މަސައްކަތްކުރުމާއި ޓެރެއިނިންގ ވޯކްޝޮޕް ، ސެމިނާރތައް ރާވާ ހިންގުން އަދި، ރެކޯރޑް ބެލެހެއްޓުން.

3-      އަލަށް ވަޒީފާއާ ގުޅޭ ބިދޭސީ މުވައްޒަފުންގެ ފެންވަރު ބެލުމުގެ މަސައްކަތް ވަޒީފާ އާ ގުޅޭތާ 2 މަސްދުވަހުގެ ތެރޭގައި ހިންގުން

4-      " ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ތަންތަނުގެ ހިއުމަންރިސޯސް ތަރައްޤީކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލާ، ހިއުމަންރިސޯސަސް އާއި ގުޅުންހުރި އެސް އޯ ޕީ ތައް ތައްޔާރުކޮށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ މަސައްކަތް ރާވާ ހިންގުން"

5-      އަލަށް ރިކްރޫޓްކުރާ މުވައްޒަފުންނަށް ސިވިލް ސަރވިސް ކޮމިޝަނުން ހިންގާ އޮރިއެންޓޭޝަން އަދި  ހޮސްޕިޓަލުގައި ހިންގާ އޮރިއެންޓޭޝަން ގަވާއިދުން ހިންގުމުގެ އެންމެހާ ކަންކަން ރާވާ ހިންގުން

6-      ހޮސްޕިޓަލުގެ މުވައްޒަފުންގެ ޓްރެއިނިންގ ރިކުއަމެންޓް ކޮންމެ އަހަރަކު 1 ފަހަރު ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގެ ސިޔާސަތާއި އެއްގޮތަށް ތައްޔާރުކުރުން.

7-      ތަމްރީނުތަކަށް ފޮނުވަންޖެހޭ މުވައްޒަފުން ވީއްލުމާއި، އެ ކަމާގުޅޭ ގޮތުން ހަމަޖައްސަންޖެހޭ އިންތިޒާމް ހަމަޖެއްސުން

8-      ހޮސްޕިޓަލުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތި ކުރުމަށްޓަކައި ހޮސްޕިޓަލްތެރޭގައި ހިންގާ ތަމްރީންތަކާއި، ހޮސްޕިޓަލަށް ލިބޭ ތަމްރީނު ފުރުސަތުތައް ހިންގުމަށް ހަމަޖައްސަންޖެހޭ ކަންތައްތަކުގައި ޓްރެއިނިންގ ކޮމިޓީ އާއި ގުޅިގެން މަސައްކަތް ކުރުން

9-      ޓްރެއިނިންގ، ވޯކްޝޮޕް، ސެމިނަރ، ކޮންފަރެންސް ފަދަ ކަންކަމުގައި ދިއުމަށް ވީއްލާ މުވައްޒަފުންގެ ރެކޯޑްސް އެޗް.އާރް އިންފޮމޭޝަންސް ސިސްޓަމަށް އެންޓަރކުރުމާއި ތަމްރީނުތަކުގެ ރިކޯޑްސް ބެލެހެއްޓުން

10-  ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުގައިވާ ތަންތަނުގެ މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި، ތަމްރީންތައް ދެނެގަތުމަށް ބޭނުންވާ އެނަލިސިސް ހެދުމާއި، ޓްރޭނިންގ ރިކުއާރމަންޓް އަދި  އެކްޝަން ޕްލޭން ތައްޔާރުކުރުމާއި، ރިވިއުކުރުން

11-  ސިވިލް ސަރވިސްގެ ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުން

12-  ކޮންމެ އަހަރެއްގެ ޓްރެއިނިންގ ބަޖެޓް ހެދުމަށް ބޭނުންވާ މައުލޫމާތުތައް ހޯދައި ބަޖެޓް ތައްޔާރުކޮށް ފައިނޭންސް ޔުނިޓަށް ހަވާލުކުރަންޖެހޭ މުއްދަތުގައި ހަވާލުކުރުން.

13-  ސެކްޝަނަށް ލިބޭ ސިޓީ އާއި ލިޔެކިޔުންތަކާއި އެންމެހައި އެންޓްރީތައް ބަލައިގަތުމާއި، ފޯން ކޯލްތަކަށް ޖަވާބުދިނުމާއި ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ އަދި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި، އަހަރީ ރިޕޯޓަށް އެޗް.އާރ ސެކްޝަނުން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ތައްޔާރުކޮށް ފޮނުވުމާއި ބެލެހެއްޓުން.

14-  ޞިއްޙީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. 1.       މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ހިޔުމަން ރިސޯސް މެނޭޖްމަންޓް (Core)

ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ހިއުމަން ރިސޯސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ހޮސްޕިޓަލުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ)  މަސައްކަތަށް ބޭނުންވާ ލައިސަންސް

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16އޮގަސްޓް 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި ހޮސްޕިޓަލު އިދާރީ އޮފީސް (ދެވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (([email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 17 އޮގަސްޓް 2023 އާއި 17 ސެޕްޓެމްބަރު 2023 އާއި ދެމެދު، މި ހޮސްޕިޓަލު މީޓިންގ ރޫމްގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6521661 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

08 އޮގަސްޓް 2023
ހޯދާ