ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ބިޑް އުޞޫލުން ކުއްޔަށް ދޫކުރުން

ގދ.ފިޔޯރީ ބަނދަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ދޫކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލު ތިރީގައި އެވަނީއެވެ.

ބިމުގެ މުއްދަތު: 15 އަހަރު

ބިމުގެ ބޮޑުމިން: ޕްލޮޓް 5: 1848.49 އަކަފޫޓް

          ޕްލޮޓް 6: 1790.04 އަކަފޫޓް

ދޫކުރުމަށް ނިންމާފައިވާ ބިމުގެ އަދަދު: 02

ވީމާ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން  20 އޯގަސްޓް 2023 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން އިދާރާގެ މެއިލް އެޑްރެހަށް، ([email protected]) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯރމް ފުރުއްވުމައްފަހު އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެކިއުންތައް، ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 އޯގަސްޓް 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 24 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ  28 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރު މަޢުލޫމާތު

  • ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
  • ފޯން:  4002625
  • އީމެއިލް: [email protected]

 

 

ވިމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

8 އޯގަސްޓް 2023

08 އޮގަސްޓް 2023
ހޯދާ