މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ހެދުމާއި ގުޅޭ

ނ. އަތޮޅު ކައުންސިލް އާއި ނ. ކެނދިކުޅުދޫ ކައުންސިލް ގުޅިގެން މިހިނގާ އޮގަސްޓް މަހު ނ. ކެނދިކުޅުދޫގައި ކަނޑު އުޅަނދު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ބުރެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއިމްތިޙާންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޮގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މިކައުންސިލްއަށް ގުޅުއްވައި ނުވަތަ މިޢިއުލާން އާއި އެކުގައިވާ ލިންކް އިން ނަންނޯޓްކުރުމަށް ދަންނަވަމެވެ. މިއިމްތިޙާންގެ ފީއަކީ -/350 (ތިންސަތޭކަ ފަންސާސް) ރުފިޔާ އެވެ.

ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/reP75fZSPG

 

އިމްތިޙާންގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ލިޔުންތައް:

  • ފުރިހަމަކޮށްފައިވާ ކަނޑުގެ ލައިސަންސް އަށް އެދޭ ފޯމް (ޕޮލިސް ތައްގަނޑު ޖެހިފައި ވާންވާނެ(
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއް ކަން އަންގައިދޭކާޑުގެ ކޮޕީ
  • ނިޔަމިސެޓް ފިކެޓް އަސްލު އަދި ކޮޕީ
  • މެޑިކަލް ސެޓްފިކެޓް (ކަނޑު އުޅަނދުލައިސަންސް އަށް ޚާއްސަކުރެވިފައިވާ- fit for duty as a captain)

(މެޑިކަލް ސެޓްފިކެޓް ހެދުމަށް ބޭނުންވާ ފޯރމް މިކައުސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

  • ޕާސް ޕޯޓްސައިޒް 2 ފޮޓޯ (ނެގިފަހުން 3 މަސްހަމަނުވާ – އެއް ވައް ތަރުގެ 2 ފޮޓޯ(

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6560664 ، 6560013 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 މުޙައްރަމް  1445

07  އޮގަސްޓް  2023

07 އޮގަސްޓް 2023
ހޯދާ