ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތުރާކުނު ޤަބުރުސްތާން މާވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

         މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް، ހއ.ތުރާކުނު ޤަބުރުސްތާން މާވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         މި މަސައްކަތަށް އަންދާސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 އޯގަސްޓް 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި އިދާރާގެ މީޓިންގ ރޫމްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައިވާނެއެވެ.

         މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 14 އޯގަސްޓް 2023 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން  [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރަސްމީ ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 9:00 އިން 13:00 އަށް މި އިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.  

07 އޮގަސްޓް 2023
ހޯދާ