ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެންދޫ އިޖްތިމާޢީ ސަރަހައްދު ކުނިކަހާ މުވައްޒަފުން ހޯދުން

މިއިދާރާއިން ކުރި ނަންބަރ: IUL)328-HR/328/2023/69) (03އޮގަސްޓް 2023) އިޢުލާނުގައި މަޢުލޫމާތު މަދުކަމަށް ފެންނާތީ، އެޢިޢުލާން ބާތިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

މަސައްކަތު (ވަގުތީ)

މަސައްކަތް ކުރަންޖެހޭ ތަން

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ހިއުމަންރިސޯސް ސެކްޝަން

އެލަވަންސް:

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 38.89 ރުފިޔާ

ބޭނުންވާ ޢަދަދު:

02 (ދޭއް)

އަސާސީ ޝަރުތު:

1-     ލިޔަންކިޔަން ދަތުމާއި އެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

2-     މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކާއިއެއް  ފެންވަރުގެ މަޤާމެއްގައި، މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ·         ކުރެންދޫ ބަނދަރާއި ރަށްވަށައިގެން ހިމެނޭ އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކުރުން
  • ·         ކައުންސިލް އިދާރާއިން ހިންގާ މުހިއްމު މުނާސަބަތުތަކާއި ގުޅިގެން ސާފުކުރުމުގެ މަސައްކަތްތަކުގައި އެހީތެރިވެ ދިނުން
  • ·         ކުރެންދޫ ކައުންސިލް އިދަރާ އިން ބޭނުންވެގެން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގުރާމްތަކުގައި އެހީތެރިވެދިނުން
  • ·         ރަށުގެ އެކިއެކި ތަންތަނަށް ކުނިފާޑުގެ އެއްވެސް އެއްޗެއް އުކާނަމަ އެކަން ހުއްޓުވާ އިދާރާގެ ވެރިއަކަށް އެންގުން.
  • ·         ސަރުކާރުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން 10:00 ރަސްމީ ކުނިކެހުމުގެ މަސައްކަތް ކުރުން
  • ·         ޙާއްސަ މުނާސަބަތުތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ·         އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ބިންތައް ކުނިކަހާ ވިނަނޮޅާ ސާފުކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1-      މިފަދަ ވަޒީފާ އެއްގައި އުޅެތަޖުރިބާ ލިބިފައިވުން

2-      ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

3-      ކުނިކެހުމުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލް ކަންހުރި މީހެއްކަމުގައިވުން

 

އިންޓރަވިއު މިމަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު އޮންނަ ތާރީޚެއް މިއިދާރާ އިން އަންގާނެ ވާހަކަ ދަންނަވަމެވެ.

  • ·         އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 14 އޮގަސްޓް 2023 ވާ (ހޯމަ) ދުވަހުގެ 13:00 ކުރިން ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާ އަށެވެ.
  • ·         ހުށަހަޅަންޖެހޭ ލިޔުންތައް:

1-     ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް.

2-     ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3-     ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4-     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

5-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ، 6620450،662460 ފޯނާއެވެ. އީމެއިލް އެޑްރެހަކީ[email protected] : އެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 އޮގަސްޓް 2023
ހޯދާ