އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ޝަމުސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުމަގު ޒިޔާރަތްމަގާއި ގުޅުނު ހިސާބު އިރުމަތީފަރާތުގެ ހޭޅިފަށުގައި އަޅާފައިވާ ޝެޑާއި، އެހެލާފައިވާ ލޯންޗްގެ ވެރިފަރާތް ހޯދުމާއި ގުޅޭ

އިޢުލާން

 

ހިތަދޫ ޝަމުސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުމަގު ޒިޔާރަތްމަގާއި ގުޅުނު ހިސާބު އިރުމަތީފަރާތުގެ ހޭޅިފަށުގައި އަޅާފައިވާ ޝެޑާއި، އެހެލާފައިވާ ލޯންޗްގެ ވެރިފަރާތް ހޯދުމާއި ގުޅޭ

ސުރުޚީގައިވާ ސަރަޙައްދުގައި މިއޮފީހުގެ ހުއްދަނެތި ހަދާފައިވާ ޝެޑާއި، އެހެލާފައިވާ ލޯންޗް ގެސަބަބުން އެތަނުގައި ހަދަންޖެހޭ ޑްރެއިން ޕަމްޕް ސްޓޭޝަންގެ މަސައްކަތަށްވަނީ ހުރަސްއެޅިފައެވެ. މިގޮތުން މިތަކެތީގެ ވެރިފަރާތް ހޯދުމަށް ކުރެވުނު މަސައްކަތުން އެފަރާތްހޯދިފައި ނުވާތީ، މިއޮފީހުގެ ހުއްދަނެތި މިސަރަޙައްދުގައި  ޝެޑް ހަދާފައިވާ ފަރާތުން 08 އޮގަސްޓް 2023 އިންފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި  މަތީގައި ދެންނެވުނު ޝެޑް ނެގުމަށް ދެންނެވީމެވެ. އަދި މުއްދަތު ހަމަވުމަށްފަހު ޝެޑް ނުނަގައިފިނަމަ އެ ޝެޑް ނެގުމުގެ މަސައްކަތް މި އޮފީހުން ކުރިއަށް ގެންދާނެކަމުގައި ދެންނެވީމެވެ.

އަދި ސުރުޚީގައިވާ ސަރަޙައްދުގައި އެހެލާފައިވާ ލޯންޗްގެ ވެރިފަރާތެއްވާނަމަ 02 އޮގަސްޓް 2023 އިންފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި 6885753 ނަންބަރު ފޯނަށް ގުޅުއްވައިގެން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް މިއޮފީހަށް އަންގަވައި އެ ލޯންޗް އެ ސަރަޙައްދުން ނަންގަވައި ދެއްވުން އެދެމެވެ.

މިމުއްދަތުގައި ލޯންޗުގެ ވެރިފަރާތުން އެ ލޯންޗް ނުނަގައިފިނަމަ މި އޮފީހުގެ ފަރާތުން ލޯންޗް އެސަރަޙައްދުން ދުރަށް ޖައްސާނެކަމުގައި އަންގަމެވެ. އަދި  08 އޮގަސްޓް 2023 އިން ފެށިގެން 30 (ތިރީސް) ދުވަސްތެރޭގައި ލޯންޗުގެ ވެރިފަރާތުގެ މައުލޫމާތު ނުލިބިއްޖެނަމަ، އެފަދަ ފަރާތެއް ނެތީކަމަށް ބަލައި ޤަވާޢިދު ނަންބަރު 2019/R-984 : "ޢާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާއިބެހޭ ޤަވައިދު"  ގައި ވާގޮތުގެ މަތިން، އެ ލޯންޗަކީ ދޫކޮށްފައިވާ އެއްޗެއް ކަމުގައި ކަނޑައަޅައި ލޯންޗް އެސަރަޙައްދުން ނެގުމުގެ މަސައްކަތް މިއޮފީހުން ކުރިޔަށް ގެންދާނެ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 މުޙައްރަމް  1445

07  އޮގަސްޓް 2023   

07 އޮގަސްޓް 2023
ހޯދާ